އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިނެވެ.
އެ މައްސަލާގައި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން އަމުރެއް ނެރެދިނުމަށް އެދިފައިވަނީ، މިމައްސަލަ ބަލާ ނިމެންދެން އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން ސުކޫލަށް ދާ ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ގޮސް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ގެއްލޭނެ އެއްވެސް އަމަލެއް ނުހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސުކޫލްގެ އިސްވެރިންގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
ސިވިލް ކޯޓުން ކޮސްފައިވާ ހުކުމުގައި ބުނެފައި ވަނީ ދައުވާ ހުށަހެޅި ފަރާތުން ދައުވާ ހުށަހެޅީ އަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެން ދާ ކުދިންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އެކުދިންނަކީ ކޮބައިކަމާއި, އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލުކުރަނީ ކޮން ގްރޭޑެއްގައިކަން ވަގުތީ އަމުރަށް އެދޭ ފޯމުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން އަރަބިއްޔާއަށް ދާ ކުދިން ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފުވި ނަމަވެސް ތައުލީމު ހާސިލުކުރުމުގެ ހައްގުން މަހުރޫމު ކޮށްފައި ނުވާކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ވެސް އަދި ދައުލަތުގެ ބަހުން ވެސް އެނގޭކަން ސިވިލް ކޯޓު ހުކުމުގައި ބުނެފައިވެ އެވެ.
މިމަރުހަލަގައި ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފައިވެ އެވެ.
އެމައްސަލަ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ ރެހެންދި ޗެމްބާސް ލޯފާމުންނެވެ.
ރެހެންދި ޗޭމްބާސް ލޯފާމުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެ، ބަލައިގަނެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވެފައި ވާތީ ކަމަށެވެ.
ނަމާދުގަ ވެސް މޫނު ނިވާކުރަން ނުޖެހޭ ސްކޫލަށް އަންނަންވާނީ ކާކުކަން އެގޭގޮތައް. 99% އަންހެން ކުދިން ގަދަކަމުން ކަޅުހެދުން ލައްވަނީ ވަކިހިސާބަކުން ގިނަ ކުދިން ބޭނުން ކުލައެއް ގެ ހެދުންލާންފަށާ. މިހިރަ މިހިރަ ކަންކަމަކީ މަޖުބޫރުން ކުރަން ޖެހެ ކަންކަމެއްނޫ،ން. މޫނުބުރާ ނޭޅިއަސް ދަރިވަރުންގެ ހައްޤެއް ނުގެއްލޭ،