ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރު ކޮށްފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ކަރެކްޝަންސްގެ އޮފިސަރަކާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިސަރު މިހާރު ވަނީ ސަސްޕެންޑުކޮށްފައި ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"މިފަދަ ކަންކަމުގައި މަދު މަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް". ކޮމިޝަނަރު ވިދާޅުވި އެެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރުމަކީ ނުހުއްޓުވި އޮތް ޒަމާންވީ މައްސަލައެކެވެ.