ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އޭނާގެ ލޯބިވެރިޔާ ސަނާ އާޒާދަށް މުމްބާއީން ލަގްޒަރީ ފްލެޓެއް ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިތިކް ރޯޝަން އާއި ސަބާ އާޒާދުގެ ލޯބީގެ ވާހަކައަކީ މިހާރު ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އެވެ. ރިތިކް އާއި ސަބާގެ ގުޅުން މީހުންނަށް ފަޅާ އެރީ ދެ މީހުން އެކުގައި އަތާ އަތް ގުޅާލައިގެން ރެސްޓޯރަންޓަކުން ނުކުންނަ މަންޒަރު ފެނުނު ހިސާބުންނެވެ. އޭގެ ފަހުން ރިތިކްގެ އާއިލާ އާއެކު ސަބާ އުފާވެރި ވަގުތުތަކެއް ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 50 ކްރޯޑް ރުޕީސްގެ ފްލެޓެއް މުމްބާއީ ވަނީ ގަނެފަ އެވެ. މިފްލެޓަކީ ސަބާއާއެކު ދިރިއުޅުމަށް ގަނެފައިވާ ފްލެޓެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. މިފްލެޓަށް ވަރަށް އަވަހަށް ރިތިކާއި ސަބާ ބަދަލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް މިކަމާ ގުޅޭ ރަސްމީކޮށް ރިތިކާއި ސަބާ ވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ރިތިކް އާއި ސަބާ ވަކި އެހެން އެޕާޓްމަންޓަކަށް ބަދަލުވާ ކަމުގެ ހަބަރުތައް ފެތުރިގެން ދިޔަ އެވެ. ބުނެވޭ ގޮތުގައި ރިތިކް ވަނީ މުމްބާއީގެ ޖުހޫ-ވާސޯވާ ލިންކް ރޯޑް ކައިރީގައި ހުންނަ ތިން ބުރިއަށް ހަދާފައިވާ އިމާރާތުން 100 ކްރޯޑް ރުފިޔާގެ ބޮޑު އެޕާޓްމަންޓެއް ސަބާއަށް ހަދިޔާކޮށްފަ އެވެ. އެހެން ނަމަވެސް މިވާހަކަތައް ފަހުން ރިތިކް ވަނީ ދޮގުކޮށްފަ އެވެ.