ރިތިކް ރޯޝަން ބޮލީވުޑަށް ތައާރަފުވި ފިލްމު "ކަހޯނާ ޕިޔާރުހޭ" ދޫކޮށްލީ ރިތިކްގެ ބައްޕަގެ ސަބަބުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ.
ކަރީނާ އާއި ރިތިކްވެސް ބޮލީވުޑަށް ތައާރަފުވެފައިވަނީ 2000 ވަނަ އަހަރު އެވެ. ރިތިކްގެ ފުރަތަމަ ފިލްމަކީ "ކަހޯނާ ޕިޔާރުހޭ " އެވެ. ކަރީނާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ އަބީޝެކް އާއެކު "ރެފިއުޖީ" އެވެ.
ފުރަތަމަ "ކަހޯނާ ޕިޔާރުހޭ " އިން ފުރުސަތު ލިބުނީ ކަރީނާ ކަޕޫރަށެވެ. އެހެން ނަމަވެސް ކަރީނާ އެފުރުސަތު ދޫކޮށްލުމުން އެފިލްމުގެ ބަތަލާއަކަށް ފަހު ނަގާފައިވަނީ އަމީޝާ އެވެ.
ފިލްމްފެއާ އަށް ދިން އިއްޓަވިއުއްގައި ކަރީނާ ބުނީ އެފިލުމުގައި މަސައްކަތް ނުކުރެވުނީތީ ހިތާމަ ނުކުރާ ކަމަށެވެ. އަދި ރާކޭޝް އެފިލްމު ހެދީ ރިތިކް ބޮލީވުޑަށް ތައާރަފުކޮށް އޭނާ މަޝްހޫރުކުރަން ކަމަށްވެސް ކަރީނާ ބުންޏެވެ.
އެފިލްމުގައި އެހެން މީހަކަށް ސަމާލުކަން ނުދޭނެކަން ޔާގީންވާތީ އެފިލުމުން ނުކުޅެން ނިންމީ ކަމަށްވެސް ކަރީނާ ވަނީ ހާމަކޮށްފަ އެވެ.
ކަރީން އިތުރަށް ބުނި ގޮތުގައި ފިލްމުގައި ރިތިކް ފެންނަ ބައެއް މަންޒަރުތަކަކީ އެތައް ފަހަރަކު ރިޕީޓްކޮށް ނަގާ، ފްރޭމް ބައި ފްރޭމް ރަނގަޅަށް ބެލުމަށްފަހު ރިތިކްގެ ރީތިކަމާ އެކްޓިން ދެއްކުވުމަށް އަމާޒުކޮށް ނަގާފައިވާ މަންޒަރުތައްކަމަށެވެ. އަނެއްކޮޅުން އަމީޝާގެ ބައެއް މަންޒަރުތައް ވަރަށް ފަރުވާ ކުޑަކޮށް ދޫކޮށްލާފައި ވުމުން އަމީޝާގެ އަސްލު ރީތިކަން އެ މަންޒަރުތަކުން ނުފެންނައިރު އަމީޝާގެ އެންމެ ރަނގަޅު އެކްޓިން ގެނެސްދިނުމަށް ރާކޭޝް ރޯޝަން މަސައްކަތް ކޮށްފައި ނުވާކަމަށްވެސް ކަރީނާ ބުނެފައި ވެއެވެ.
އެހެން ނަމަވެސް "ކަހޯނާ ފިޔާރުހޭ" އަކީ 2000 ވަނަ އަހަރު ތެރޭގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބު ފިލްމެކެވެ. އަދިވެސް ގިނަބަޔަކު ބެލުމަށް ޝައުގުވެރިވާ ފިލްމެކެވެ.
ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ތަބޫ އާއި ކްރިތީ ސަނޯން ލީޑް ރޯލުން ފެނިގެންދާނީ "ދަ ކްރޫ" އިންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރިއާ ކަޕޫރާއި އެކްތާ ކަޕޫރެވެ.