ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ "ކަޅަކި" އޮކްޓޯބަރު މަހު ރިލީޒް ކުރަން ނިންމައިފި އެވެ.
ނިއުމާގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް" ޕްރޮޑިއުސްކޮށް މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމެކެވެ.
މިފިލްމުގެ ގިނަ މަންޒަރުތައް ލަންކާގައި ނަގާފައިވާއިރު މިފިލްމުގައި ފެނިގެންދާނީ ޔޫއްޕެގެ އިތުރުން އަލީ ސީޒަނާއި އައިމިނަތު ރިޝްފާ އާއި މުހައްމަދު މަނިކު، ވާޝިޔާ މުހައްމަދު (ޝިޔާ) އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.
"ކަޅަކި"ގެ ޓީޒާ އާންމުންނަށް ދޫކޮށްލާފައިވާއިރު މިފިލްމާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
"ސުޕަ މާރިއޯ ގެލެކްސީ" މޫވީއާއެކު އާ ރަހައެއް!
ޓްރަމްޕް އަމާންދީ ހަނގުރާމަ ހުއްޓާލުމަށް ތައްޔާރުވަނީ
ކެމްޕޭނަށް ދިޔުމުން ޑެޕިޔުޓީ މިނިސްޓަރުކަމުން ވަކިކޮށްފި