ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީގެ އަދަދު ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީގެ ގޮތުގައި މިހާރު ލިބެނީ މަހަކު 2،000ރ. އެވެ. އެހެންވެ، މިއީ އެ އެލަވަންސް މުރާޖައާ ކުރަން ނިންމި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް ނިންމެވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީ މުރާޖައާ ކުރުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީ އާއި ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ހުށަހެޅި ކަރުދާހަކަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އެކަމާ ގުޅިގެން ސަރުކާރުން ނިންމި ނިންމުންތައް ވަރަށް އަވަހަށް ސަރުކާރުން ހާމަކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ދާދިފަހުން ރައީސް ސޯލިހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ވަރަށް އަވަހަށް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުގެ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!

ދެނެއް ރައިއްޔަތުން ހައްލައެއް ނުލެވެވޭނެ. މުސްކުޅިންގެ އެލަވަންސާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ ފައިސާ ބޮޑުތަނުން ބޮޑު ކުރާނެ ކަމަށް ވޯޓާ ދިމާކޮށްފަ ގޮވިއަކަސް ތިކަމެއް ނުކުރެވޭނެ. މިހާރުވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ތި ކުރަނީ ޓެކުސްގެ ނަމުގާ އެކި އެކި ނަންނަމުގާ ރައްޔަތުން ފެލައިގެން ދައުލަތުން އެއްވެސް އާމުދަނީއެއް ނުހޯދާ ކޮންމެކަމެއް ވެސް ކުރަނީ ރައްޔަތުން ފެލައިގެން ދެން އިންޑިއާއިން ލޯނު ނަގައިގެން. އަޅޭ މިހިޔަޅު ސަރުކާރަށް މި ނޫންކަމެއް ކުރަން ނޭނގެނީތަ!