"މަރުތަޅު އެޅުވިފައި އޮތް" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން މިރޭ ވަނީ މާދަމާ ޖަލްސާ ބޭއްވުމަށް މެންބަރުންނަށް އެޖެންޑާ ފޮނުވައިފަ އެވެ. މާދަމާގެ ޖަލްސާގައި އެޖެންޑާގައި އޮތީ، ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ކަންތައް އެކަންޏެވެ.
އެޖެންޑާގައި ހިމަނާފައިވަނީ ކޮމިޓީތައް އެކުލަވާލުމަށް ސިޔާސީ ޕާޓީތަކާއި ވަކި އަމިއްލަ މެންބަރުން ތަމްސީލު ކުރައްވާނެ ނިސްބަތަށް ގެންނާނެ ބަދަލާމެދު ބަހުސް ކުރުމެވެ.
ބަހުސަށް ފަހު، މަޖިލިހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުވުމަށް މެންބަރުންނަށް މުއްދަތެއް ދޭން ވަނީ ނިންމާފަ އެވެ.
މަޖިލިސް ގަވައިދު ބުނާ ގޮތުން މާދަމާއަކީ، މި ދައުރުގެ ފަހު ޖަލްސާ ބައްވާނެ ދުވަހެވެ. ނަމަވެސް މަޖިލީހުގެ ދައުރު ދިގު ދަންމަން ބޭނުންނަމަ އެކަން ކުރުމުގެ ފުރުސަތު މެމްބަރުންނަށް އޮންނާނެ އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފަހުން މަޖިލިސް ކުރިއަށްގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދަށް ވަފާތެރި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލިސް ރަނގަޅަށް ކުރިއަށް ގެންދަން މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.
ކުށުގެ ވެރިން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން: ސީޕީ
ވެނެޒުއެލާއާ ދެކޮޅަށް އެޅި ފިޔަވަޅުން ތެލުގެ އަގު އުފުލިއްޖެ
ސަރުކާރުން ދޭންޖެހޭ ފައިސާ އިން ޓެކްސް ދެއްކޭނެ ގޮތް ހަދަނީ
