މާލެއިން ފުރައިގެން ނ. ވެލިދުއަށް ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ގެނބިއްޖެ އެވެ.
"ލީޖަން 7" ނަމަކަށްކިޔާ ލޯންޗުން ދަތުރު ކުރި 30 މީހުން ސަލާމަތްވީ ކިރިއާ އެވެ. އެލޯންޗު ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ނެވެ. ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވައްދައިފަ އެވެ.
ރަންދެލި ރިސޯޓްގެ ފަޅަށް ލޯންޗަށް ނުވަދެވުނު ނަމަ އޭގައި ތިބި މީހުން ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ އެވެ.
މި ދުވަސްވަރަކީ ގަނޑު ގަދަވެ މޫސުން ގޯސް ދުވަސްވަރެއް ކަމުގައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕީއެސްއެމްއިން ވަކިވި ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ލަންކާ ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ
ޅ. އަތޮޅުގައި ތަރައްގީ ކުރި ނަލަ މޯލްޑިވްސް ރިސޯޓް ހުޅުވައިފި
