މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި މިހާރު ހިއްކަމުން އަންނަ ގިރާވަޅު ފަޅު ފެށި ކުރުމަށް 142،000 ރުއްގަސް ބޭނުންވާތީ ދެ ފަޅުރަށަކުން އެ ރުއްގަސް ނަގަން ނިންމައިފި އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދާފައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީއައިއޭ) ރިޕޯޓްގައިވާ ގޮތުން ގިރާވަރު ފަޅު ހިއްކުމަށްފަހު އެސަރަހައްދު ފެހި ކުރުމަށް 142،000 ރުއްގަސް ބޭނުންވެ އެވެ. އަދި މިރުއްގަސް ނެގުމަށް ދެ ފަޅުރަށެއް ވަނީ ހަމަޖައްސާފަ އެވެ. އެއީ އެގްރޯނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ބެލުމުގެ ދަށުގައި އޮންނަ ހއ. މުލިދޫ އާއި ގދ. ގަމެވެ. އޭގެ އިތުރުން، އެކަމަށް ލ. ގާދޫއިން ވެސް ރުއްގަސް ނެގުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ތިމާވެށީގެ ގާނޫނުގައިވާ ގޮތުން އީޕީއޭގެ ހުއްދައަކާ ނުލައި ރުއްގަސް ނުނެގޭނެ އެވެ. އަދި ރުއްގަސް ނެގި ނަމަވެސް ނަގާ ކޮންމެ ރުކަކަށް ދެ ރުއް ނުވަތަ ނަގާ ކޮންމެ ގަހަކަށް ދެ ގަސް، އެ ރުކެއް ނުވަތަ އެ ގަހެއް ނެގި ތަނަކު އިންދަންޖެހެ އެވެ

ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ތަރައްގީކުރަން ހަވާލުކޮށްފައިވާ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އަށެވެ.

ގިރާވަރު ފަޅު ތަރައްގީކުރުމަށް ނ. އަތޮޅުގެ ފަޅެއް 339 މިލިއަން ރުފިޔާއަށް ވިއްކާލައިގެން ހޯދާފައިވާ ފައިސާ އަކީ ގިރާވަރު ފަޅު މަޝްރޫއުގެ އިކުއިޓީއަށް ބޭނުންވާ ފައިސާ އެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާއިރު މިމަޝްރޫއު އާ ބެހޭ މާ ބޮޑު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައިނުވެ އެވެ. މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ މާ ބޮޑު ތަފްސީލުތަކެއް ހާމަނުކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއްކަން ފާހަގަ ކުރެވެ އެވެ.

ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް 2000 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ މަސައްކަތް އިންތިހާބަށް ކައިރިވެފައިވަނިކޮށް ވަރަށް ބާރަށް ކުރިއަށް ގެންދެ އެވެ.