ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންއާއި ލޯބިވެރިޔާ ސަބާ އާޒާދު ވަރަށް އަވަހަށް ކައިވެނި ކޮށްފާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ދެތަރިން ކައިވެނި ކުރަން ނިންމި ނަމަވެސް ކައިވެނި ކުރާނެ ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ. އެހެން ނަމަވެސް އަވަސް މުސްތަގްބަލެއްގައި ދެމީހުން ކައިވެނި ކުރާނެ ކަމަށް ބެލެެވެ އެވެ.
ސަބާއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ރިތިކް ކައިވެނި ކޮށްގެން އުޅުނީ ސުޒޭން ޚާންއާ އެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު ދަރިން ބަލަނީ އެ ދެމީހުން ވެސް އެކުގައި ހިއްސާ ވެގެންނެވެ.
ރިތިކްއާއި ސަބާގެ ލޯބީގެ ވާހަކަތައް ބޮލީވުޑްގައި ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު އެ ދެމީހުންނަކީ މިހާރު ބޮލީވުޑްގެ އެންމެ މަގްބޫލު ޖޯޑުތަކުގެ ތެރެއިން ޖޯޑެކެވެ.
ކައިވެންޏަށް ތައްޔާރު ވުމުގެ ގޮތުން ރިތިކް އޭނާގެ އާއިލާއަށް ސަބާ ތައާރަފް ވެސް ކޮށްދީފައިވާ ކަމަށާއި އެ ކައިވެންޏަށް ދެ ފަރާތުގެ އާއިލާގެ ވެސް ރުހުން އޮތް ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ކުރިން ވެސް މިފަދަ އަޑުތަކެއް އަރާފައިވާއިރު މާޗް މަހު ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ އެފަދަ ހަބަރެއް އެނގިފައިނުވާ ކަމަށް ބުނެފަ އެވެ.