ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު (ޔޫއްޕެ) ކޮމެޑީ ފިލްމެއް ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.

"ޖޯކަރު" ނަމުގައި ގެނެސްދޭ މިފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ޖޯކަރު" ގެ ޓީޒާ ޓްރެއިލާ އިއްޔެ އާންމުކޮށްފައިވާއިރު ޓީޒާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ރޮޑިއުސަރު އިސްމާއީލް ޝަފީގްގެ "ޝައި ޕްރޮޑަކްޝަންސް" އަދި އަލީ ޝާނީޒް މުހައްމަދުގެ ‘ސެޓާން ސްޓޫޑިއޯ’ އިން ގެނެސްދޭ ފިލްމެކެވެ.

https://www.youtube.com/watch?v=sbVQisXgS5U

ހެންވާ މަޖާ ކަންތައްތަކެއް ފެނިގެންދާ "ޖޯކަރު" ގެ ކާސްޓް ތެރޭގައި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން އަލީ އާޒިމް ދޮން (އައްޔަ) އާއި ނާޝިދާ މުހައްމަދާއި އިބްރާހީމް ރަޝީދު (ބްރޯ) އާއި ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާނާއި ޝަހީދާ އަހުމަދާއި މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.

https://www.facebook.com/photo?fbid=727528472705596&set=a.510188097772969

ޓެގް ލައިނަކަށް "ލާފް މޯ، ވޮރީ ލެސް" ހިމަނާފައިވާ ފިލްމު ސެޕްޓެމްބަރުގައި ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޔޫއްޕެ ޑައިރެކްޓްކުރި ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު 2019 ވަނަ އަހަރު ބޭއްވި ދިވެހި ފިލްމު އެވޯޑްސްއިން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު އޭނާ ވަނީ ހޯދާފަ އެވެ.

ކުރިއަށް ހުރި ޔޫއްޕެގެ ފިލްމުތަކުގެ ތެރޭގައި ބިރުވެރި ފިލްމު "ކަޅަކި" މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.