ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެންސްޕާ އާއި ވީރާގެ ކައުންޓަރެއް ރަސްމީކޮށް ހުޅުވައިފި އެވެ.
މި ކައުންޓަރު މެދުވެރިކޮށް ސިއްހީ ފަރުވާތަކަށް ސަރުކާރުގެ އެހީއަށް އެދިލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި އަދި ސަރުކާރުގެ ސިއްހީ ވެލްފެއާ ޕްރޮސެސްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ލިބޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ އާ ހިދުމަތްތައް ފަށައި، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި
އަލިފާނުގެ ހާދިސާއާ ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އެންމެ ފަހުން އެމްބާގެ ރުޅިގަނޑު ފަޅައިގެން ގޮސްފި
