ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމަށްވާ ރާކޭޝް ރޯޝަންގެ އާއިލާގެ މައްޗަށް ޑޮކިއުމެންޓްރީއެއް އުފައްދަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ރާކޭޝްއާއި އޭނާގެ ދަރިފުޅު ރިތިކް ރޯޝަން އެއާއިލާގެ މައްޗަށް އުފައްދާ ޑޮކިއުމެންޓްރީއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ފެތުރުނުތާ ދުވަސްތަކެއް ވެފައިވާއިރު އެއާއލާއިން ވަނީ މިހާރު އެކަން ޔަގީން ކޮށްދީފަ އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްރައި ރާކޭޝްގެ ބޭބެ ރާޖޭޝް އެކަން ޔަގީން ކޮށްދެމުން ބުނީ އެ ޑޮކިއުމެންޓްރީގައި ރޯޝަން އާއިލާއާ ބެހޭ ގޮތުން މިހާތަނަށް އާއްމުންނަށް ނޭނގޭ ބައެއް ގިނަ ކަންކަން އެނގޭނެ ކަމަށެވެ.
އެގޮތުން އެ ޑޮކިއުމަންޓްރީގައި އެ އާއިލާގެ ހާއްސަ މުނާސަބަތުތަކުގެ ވީޑިއޯތަކާއި ފޮޓޯތައް ވެސް ހިމެނޭނެ ކަމަށް ރާޖޭޝް ބުންޏެވެ.
ރޯޝަން އާއިލާގެ ފާއިތުވެ ދިޔަ ތިން ޖީލު ވެސް ބޮލީވުޑްގައި މަސައްކަތް ކޮށްފައިވާއިރު އެ އާއިލާގެ އެންމެ ކާމިޔާބު ފަންނާނެއްގެ ގޮތުގައި ބެލެވެނީ ރިތިކް ރޯޝަން އެވެ.