އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި ދިވެއްސަކު މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ގޮސް އުޅުނު ހއ. ދިއްދޫ، ހިމާލިޔާ ފާތިމަތު ސޮބިއްޔާ ނަމަކަށް ކިޔާ 43 އަހަރުގެ އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އުމްރާއަށް ގޮސް އުޅުނީ ފިރިމީހާއާއި މަންމަ އާއެކު އެވެ.

އެ ކުންފުނިން ބުނީ ސޮބިއްޔާ ނިޔާވީ މިއަދު 11:45 ހާއިރު މައްކާގެ ހުދައިބިއްޔާ އެއްބަސްވުން ގާއިމުކުރި ތަނަށް ޒިިޔާރަތް ކުރުމަށްފަހު އެހެން ތަނަކަށް ދާން އެނބުރި ބަހަށް އެރި ފަހުން ކަމަށެވެ.

"ދެން ވަގުތުން އޭނާ ގެންދިޔައީ ހޮސްޕިޓަލަށް،" އޭނާ ކިޔައިދިނެވެ.

ސޮބިއްޔާގެ އެއްވެސް ސިއްހީ މައްސަލައެއް ހުންނަކަން އެނިފައިނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިރޭގެ އިޝާ ނަމާދަށްފަހު މައްކާގެ މަސްޖިދުލް ހަރަމުގައި އޭނާގެ ކަށުނަމާދު ވަނީ ކޮށްފަ އެވެ.