ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ސަފާރީތަކަށް ހާއްސަ ދިޔަނެރު ފަޅު އަދި ތިލަފުށި ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކޮށް، މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތް ހަވާލުކުރި އެޗްޑީސީން މިއަދު ބުނީ ސީއެމްސީ އާއި ހަވާލްކޮށްގެން ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ހުޅުމަލޭގެ ފޭސް 3، ދިޔަނެރު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން ސީއެމްސީއާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަސައްކަތުގެ އަގެއް އަދި މަސައްކަތް ނިމޭނެ މުއްދަތެއް އެޗްޑީސީން ނުބުނެ އެވެ. އެ މަސައްކަތް ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ހިއްކައިގެން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދިން ސިވަރާޖާ މަނިވަންނަންގެ ހިއްސާ އޮންނަ ކުންފުންޏަކާ އެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އަޑުއިވެނީ ރާޖުއަކީ ތާޑް ޕާޓީ ކަމަށް. މީނާ މެދުވެރިކޮށް ބޮސްކާލިސް އިން ޕްރޮޖެކްޓް ހޯދަނީ. މިހެން ޕްރޮޖެކްޓް ހޯދައިދީގެން މި ރާޖު މިހާރު ބިލިއަނަރަކަށް ވެއްޖެ
ރާޖްގެ ކުންފުނިތަކަށް މިހާ ބައިވަރު ޕްރޮޖެކްޓްތައް މިދެނީ މީނާ މީ ކޮންތަނެއްގައި ކޮން މަސައްކަތެއް ކުރި މީހެއްތަ؟ ރާއްޖޭގައި ކަރުދާސް ކުންފުންޏެއް ހަދައިގެން އުޅޭތާ 10 ވަރަކަށް އަހަރު ވީއިރު ކުރި އެއްވެސް ކަމެއް ނެތް. އެކަމަކު މި ސަރުކާރު އައި ގޮތަށް މީނާ ނަގާ ކޮޅަށް އެބަޖަހާ. ގުޅިފަޅު ހިއްކައިގެން ހަދަނީއޭ ކިޔައިގެން ހެދީ ވެސް ހުސް ދޮގު. އެތަނުން ވެސް އެޕާޓްމަންޓްތައް ނުނިންމައި ލާރިގަނޑު ހިފައިގެން ފިލީ.
އެންވީމަ މާރީއްޗަށް ވެސް އެނގިއްޖެ ނޫން ގޯތިދެނީ ކަނޑުއަޑީންކަން. އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެންނޫންކަން، ހަމައެކަނިތި ގޯތިދެނީ ރިޔާސީ އިންތިޚާބުގެ ކެންޕޭން ކުރުމެއްގެ ގޮތުން، މިހާރު ދެން ރައްޔަތުންގެ ބޯކެވޭނެކަމަށް ހީނުކުރާތި!