ޕަންޖާބީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖު، އޭނާގެ "އޯރާ އިންޑިއާ ޓުއަރ 2026"ގެ ދަށުން ބެންގަލޫރުގައި ބާއްވަން ހަމަޖެހިފައިވާ ކޮންސެޓަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން ފުލުލުންގެ ތަހުގީގެއް ފަށައިފި އެވެ.
އީމެއިލް މެދުވެރިކޮށް ދީފައިވާ އެ އިންޒާރުގައި ނޮވެންބަރު 29 ވާ އާދީއްތަ ދުވަހު ބެންގަލޫރުގެ މަދަވަރާގެ ނައިސް ގްރައުންޑްސް ގައި ބާއްވާ ޝޯ ތެރޭގައި، ގޮވާތަކެތީގެ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
އެއާއެކު ޝޯ ބަލަންދާ މީހުން ކުޑަކުދިން ނުގެންދިއުމަށާއި، އައިފޯނުތަކަށް އަންނަ ކޯލުތަކަށް ޖަވާބުދިނުމަށާއި، އަދި މެޓްރޯގައި ދަތުރުކުރުމާ ދެކޮޅަށް ވެސް އެ އީމެއިލްގައި އިންޒާރު ދީފައިވެ އެވެ. އީމެއިލް ނިންމާލާފައިވަނީ "ހާލިސްތާން ޒިންދާބާދު" މި ޝިއާރުންނެވެ.
މި އިންޒާރުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އީމެއިލް ފޮނުވި ފަރާތް ހޯދުމަށް ފުލުހުންގެ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އީމެއިލް ފޮނުވި އެކައުންޓުގެ އަސްލާއި އައިޕީ އެޑްރެސް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ދިލްޖީތު ދޮސާންޖުގެ ޝޯ މަދަވަރާގެ ނައިސް ގްރައުންޑްސްގައި ނޮވެންބަރު 29ގައި އޮންނާނެކަން ބެންގަލޫރު އިންޓަނޭޝަނަލް އެގްޒިބިޝަން ސެންޓަރުގެ މެނޭޖްމަންޓުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މި އިންޒާރުތަކުގެ ސަބަބުން މިހާތަނަށް ޝޯ ބަދަލުކުރުމަށް ނުވަތަ ކެންސަލް ކުރުމަށް ރަސްމީ އެއްވެސް ނިންމުމެއް އިއުލާނު ކޮށްފައެއް ނުވެ އެވެ.
ޖަސްޓިންގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ނެރެނީ!
"މިސް ޔުނިވާސް 2026"އަކީ ޕުއޭޓޯ ރިކޯގެ ޖެނިފާ!
ޓޭލާއަށް "މީން ގާލް" އަދި "ވިކްޓިމައިޒާ"ގެ ތުހުމަތު ތަކެއް!