ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އޮފިޝަލް ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިން ޕާޓްނަރުން ހޮވަމުންނެވެ.
"މިއީ ތަޖުރިބާކާރު އަދި އައު ދުވުންތެރިންނަށްވެސް ސެޓިފައިޑް ޓްރެއިނަރުންގެ ކައިރިން ހިލޭ ކޯޗިންގ ހޯދައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް. މީގެ އިތުރުން މިއީ ކޯޗުންނަށްވެސް އެފަރާތްތަކުގެ އޮފަރތައް ޑީ.އެމް.އާރް.އާރް ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮމޯޓްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.
އެކަމަށް ޝައުގުވެރިވާ ޓްރެއިނަރުންނަށް މިހާރު އެފަރާތްތަކުގެ ކޯޗިންގ އޮފާތަކުގެ ތަފްސީލް ހިމެނޭ އީމެއިލްއެއް [email protected] ފޮނުވައިގެން އެޕްލައި ކުރެވޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ.
ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
މާދަމައިން ފެށިގެން ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެ އެވެ. އަދި ދުވަން ބޭނުންވާ ފަރާތްތަކަށް 30 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް ނުވަތަ 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަ ކުރެވޭނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓަރ ކުރުމަށާއި މި އިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު www.dmrr.mv އިން ލިބޭނެ އެވެ.