ޅ. ނައިފަރާއި ހިންނަވަރު ދޭތެރޭގައި ބްރިޖްއަކުން ގުޅާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފި އެވެ.
ގާސިމް ކެމްޕެއިނަށް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގާސިމް ވިދާޅުވީ ނައިފަރާއި ހިންނަވަރާ ދެމެދުގައި ހުރި ފަޅުތައް ބްރިޖްއަކުން ގުޅާލައި ނައިފަރާއި ހިންނަވަރާއި މަޑިވަރު ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ, ނައިފަރާއި ހިންނަވަރާ ދެމެދު އޮތް މަޑިވަރާއި ފެލިވަރުގެ އިތުރުން ގޭރިފަރު ހިމެނޭހެން ބްރިޖަކުން ގުޅާލާނެ ކަމަށެވެ. އަދި އެ ރަށްތަށް ގުޅާލުމުން އެސަރަހައްދަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް އަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަދި އެރަށްތައް ގުޅާލުމުން އާބަން ސިޓީއެއްގެ ގޮތުގައި އެސަރަހައްދު ތަރައްގީ ކުރެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ނައިފަރަށް ވަޑައިގަތުމުން އެރަށުން ވަނީ ގާސިމަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވާ ގޮތް ވަރަށް ތަފާތު
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
ކޭޓީއާއި ޖަސްޓިންގެ މިލްކިއްޔާތަށް ނަޒަރެއް!

އދ.މާމިގިއްޔާއި ހއ.ހޯރަފުއްޓާއި، ގއ.ކޮޑޭ ގުޅާދީބަލަ ސޭޓޫ