އުރީދޫ ނޫން ނެޓްވޯކް ބޭނުންކުރާ މީޑިއާ ނެޓްގެ ކަސްޓަމަރުންނަށް އެމްްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް ހިދުމަތްތައް ބުރޫ އަރާނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.
މީޑިއާ ނެޓުން ބުނީ އެމްްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް ހިދުމަތްތައް މީޑިއާނެޓާއި އުރީދޫ ނެޓްވޯކު ބޭނުންކުރާ ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ.
އެމްއެސް ލައިޓަކީ އެންޑްރޮއިޑް އެޗްޑީ އާއި ސެމްސަންގް އަދި އެލްޖީ ސްމާޓް ޓީވީ ތަކުން ޑީކޯޑަރަކާއި ނުލައި ލައިވް ޓީވީ ޗެނަލްތަކާއި ވީޑިއޯ-އޮން-ޑިމާންޑު ބެލޭ ސްމާޓް ޓީވީތަކަށް ހާއްސަ 'އެމް.އެސް.ޓީވީ' ގެ ލުއި ވާޝަަންއެކެވެ.
އެމްއެސް ލައިޓުގެ ޕެކޭޖުތަކުގައި ހިމަނަން މީޑިއާނެޓުން ޗެނަލްތައް ހޮވީ ކަސްޓަމަރުންގެ މެދުގައި އޮންނަ މަގުބޫލުކަން ކިރާ ވަޒަންކުރުމަށް ފަހު އެވެ. އެ ހުރިހާ ޕެކޭޖެއްގައި ހިމަނާފައިވާ ޗެނަލްތަކަކީ އެ ޕެކޭޖު ނަގާ ކަސްޓަމަރަކު އެންމެ ބޭނުންވާނެ ޗެނަލްތަކެވެ.
މި ޕެކޭޖުތަކުގެ ތެރޭގައި ދިވެހި ޗެނަލްތަކަށް ހާއްސަ އެމްއެސް ލޯކަލް ޕެކޭޖާއި މަގުބޫލު ޗެނަލްތަކަށް ހާއްސަ އެމްއެސް ބޭސިކް ޕެކޭޖު ހިމެނެ އެވެ.
އެޑްއޯން ޕެކޭޖުތަކުގައި ކުޅިވަރު ފޭނުންނަށް ހާއްސަ އެމްއެސް ލައިޓް ސްޕޯޓްސް އާއި މުނިފޫހުފިލުވުމަށް ލޯބިކުރާ މީހުންނަށް ހާއްސަ އެމްއެސް ލައިޓް އެންޓަޓެއިންމަންޓުގެ އިތުރުން އެމްއެސް ލައިޓް ހޯމް ހިމެނެ އެވެ.