އެމްޑީޕީ ބަލިވީ މެޗްގެ ފުރަތަމަ ހާފުން ކަމަށާއި ދެވަނަ ހާފުން މޮޅުވެ ކާމިޔާބު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕޭން ޓީމުތަކާ މިރޭ ބައްދަލުކުރައްވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމަނިކުފާނު ސިފަކުރެއްވީ ފުޓުބޯޅަ މެޗެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ ކަމަށާއި ދެވަނަ ހާފުގައި ނަތީޖާ ކަށަވަރުކަމާއެކު ބަދަލުވާނެ ކަމަށް ކަމަށެވެ.

"ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތަށް އިންތިޒާރުކޮށްލާ. ބައެއް ފަހަރު ބައެއް މަގާމްތަކަށް ކުޅޭ މީހުން ވެސް ބަދަލުކޮށްލާފަ. ހިތްވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓީ ކުރުމުގެ ކަންކަން ބާރަށް ކުރިއަށްގެންދިޔުމަށް ވެސް އެމަނިކުފާނު މިރޭ އިލްތިމާސްކުރެއްވި އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައެއް މީހުންނަށް ވޯޓު ނުލެވި އެބަހުރި ކަމަށާއި ކެމްޕޭން ޓީމުތަކުގެ މަސައްކަތުން އެކަންކަން ހައްލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވެސް ބައިެރިވެވަޑައިގެންނެވި އެވެ.