މާލެ އިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ 10 ދުވަސް ފަހުން ފެނިއްޖެ އެވެ.
ފުލުހުން ބުނީ މި މަހުގެ 17 ގައި ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ރޭގެ ވަގުތެއްގައި މާލެ އިން ފެނިފައިވާ ކަމަށާ، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) ގެއްލިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހޯދަން ޢިއުލާންކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ފަހަކަށް އައިސް މާލެ އާއި އަތޮޅުތަކުގެ ރަށްރަށުން ވެސް މީހުން ގެއްލިގެން ފުލުހުން އެކަން އިއުލާންކުރުންވަނީ ވަނީ އާންމުކަމަކަށްވެފަ އެވެ. އެފަދަ ގިނަ މީހުން ގެއްލުނުކަން އިއުލާންކުރާތާ ދެތިން ދުވަސް ފަހުން އެ މީހަކު ފެންނަ ކަމަށް ފުލުހުން ހާމަކުރެ އެވެ. އެހެން ނަމަވެސް މިވާގޮތުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި
ލަންކާގައި 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
ހުރިހާ ކަމެއްގައިވެސް މަކަރާ ހީލަތް. މިހާރު މީހަކު ގެއްލިގެން ކަންބޮޑުވެގެން އުޅޭނެކަމެއްނެތް.