ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން އެއިދާރާގެ ބެލުމުގެ ދަށަށް ހަތަރު މީހުން ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.

މިއަދު ހެނދުނު ފެށިގެން ވޯޓުލުން ކުރިއަށްދާއިރު މިހާތަނަށް އައިރު 65،600 މީހުން ވަނީ ވޯޓުލާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.