ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން "ފެހި ސިގްނަލް" ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.
މީގެ ކުރިން ވެސް އެ ޕާޓީން ވަނީ މާލޭގައި "ވޭކް އަޕް" ގެ ނަމުގައި ޖަލްސާއަކާއި، ކައުންސިލް އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް "ރީސެޓް" ގެ ނަމުގައި ޖަލްސާއެއް ބާއްވާފަ އެވެ. އަދި އެ ޕާޓީން ދަނީ ޓައުން ހޯލް ޖަލްސާތައް ވެސް ކޮންމެ ހަފްތާއަކު ބާއްވަމުންނެވެ.
މި ޖަލްސާއަކީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕީއެންއެފްއާ ދެމެދު ބަހުގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ބާއްވާ ޖަލްސާއެކެވެ.
އަމިއްލައަށް އެދިގެން 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ
އަލިފާން ފަރުބަދަ ގޮވުމުން ޖަކާޓާގެ ފްލައިޓްތައް މެދުކަނޑާލައިފި
އެންޑީއެމްއޭއަށް 13،000 އަކަފޫޓުގެ ބޮޑު ބިމެއް