އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވާދަކުރުމަށް ސޯޝަލް މީޑިއާގައި ބަޔަކު ފެށި ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން ކެމްޕޭން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ އެޕޭޖު ފްލޯކުރަމުންނެވެ. މިޕޭޖު ހިންގާ ބަޔަކު ނޭނގޭއިރު ގިނަ ބަޔަކު އަންނަނީ ދަގަނޑޭ އަކީ އެފްއޭއެމްގެ ރައީސްގެ މަގާމަށް އެންމެ ގާބިލު ފަރާތް ކަމަށް ބުނަމުންނެވެ.

ދަގަނޑޭ އެފްއޭއެމްގެ ރައީސްގެ މަގާމަށް ކެމްޕޭން ފަށާފައިވާއިރު މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކުވަނީ އަންނަނީ އަޑު އުފުލަމުންނެވެ.

އަލީ އަޝްފާގް،

އެފްއޭއެމްގެ ކަންކަން ދުވަހަކަށް ވުރެން ދުވަހެއް ގޯސްވަމުން ގޮސް، މުޅި ފުޓުބޯޅަ އާއިލާގެ ނުރުހުން އެ އެސޯސިއޭޝަންގެ އިސްވެރިންނަށް ވަނީ އަމާޒުވެފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ގޮވާލައި ކެމްޕޭންތައް ވެސް ފަށާފައިވާއިރު، އަންނަ އަހަރު އެފްއޭއެމްގެ އިންތިހާބު ބާއްވާނެ އެވެ.

ގައުމީ ކެޕްޓަންކަން ވެސް ކުރި ދަގަނޑޭ މިޕޭޖާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ދެކޮޅަށް، ދަގަނޑޭގެ ވަރަށް ގާތް މީހުން ޓީމެއް ހަދައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

https://www.facebook.com/photo?fbid=122100798896077985&set=a.122100798998077985

ގައުމީ ޓީމަށް 100 އާ ގާތް ކުރާ އަދަދަކަށް މެޗު ކުޅުނު ދަގަނޑޭ، މި ވަގުތު ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުންނެވެ. މި ވަގުތު އޭނާ ހުރީ އާއިލާއާ އެކު އުމުރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއާގަ އެވެ.

އެފްއޭއެމްގެ އިންތިހާބު ދެން އޮންނާނީ އަންނަ އަހަރު އެވެ. އެންމެ ފަހުން އެފްއޭއެމް އިންތިހާބު ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ.