ރިތިކް ރޯޝަންއަކީ ބޮލީވުޑްގެ އެންމެ "ފިޓް" ތަރިންގެ ތެރޭގައި ގުނާލެވޭ އެއް ތަރި އެވެ. ހާއްސަކޮށް ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ.
މިފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ރިތިކް ވަނީ އޭނާގެ ހަށިގަނޑަށް އެ ބަދަލު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ދަތުރުގައި އޭނާއަށް ކުރިމަތިވި ގޮންޖެހުންތައް އޭނާ ފާހަގަކުރި އެވެ.
އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެންމެ އުނދަގޫ ކަމަކަށްވީ ހަޔާތުގެ އެހެނިހެން ކަންކަމަށް ނޫނެކޭ ބުނުން ކަމަށާއި ރޭގަނޑު 9 ޖަހާއިރު ނިދުން ކަމަށެވެ.
"ރައްޓެހިންނާއި އާއިލާއާއި ދާއިރާގެ އެހެނިހެން އެއްވުންތަކަށް ވެސް ނޫނެކޭ ބުނުމަކީ ވަރަށް އުނދަގޫ ކަމަކަށްވި. ރިތިކް ބުނެފައިވެ އެވެ.
ރިތިކް އިތުރަށްވަނީ އޭނާގެ ދަތުރުގައި ދެގޮތެއްނުވެ އޭނާއަށް ހިތްވަރު ދިނުމުގައި ދެމިހުރީތީ ލޯބިވެރިޔާ ސަބާ އާޒާދަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ރިތިކް ދެން އެންމެ އަވަހަށް ފެންނާނީ 2024 ވަނަ އަހަރު ނުކުންނަން ހަމަޖެހިފައިވާ ފިލްމު "ފައިޓާ" އިންނެވެ.