މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ ތަރި ޖަންކޫކްގެ ސޯލޯ އަލްބަމް "ގޯލްޑަން" ރިލީޒް ކުރުމާއެކު އޭނާއަށް ގިނަ ބައެއްގެ ތައުރީފް ލިބެމުން އެބަދެ އެވެ.
ބީޓީއެސްގެ އެހެން މެމްބަރުން އަސްކަރީ ޚިދުމަތް ފުރިހަމަ ކުރަމުން ދާއިރު އެ ގްރޫޕްގެ އެންމެ ހަގު ތަރި ޖަންކޫކް އަންނަނީ ސޯލޯ ހުށައެޅުންތައް ހުށައަޅަމުންނެވެ.
އެ އަލްބަމް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސި ވިލާތުގެ ގަދަ 10 ޗާޓުތަކަށް އަލްބަމްގެ ލަވަތައް ވަނީ އަރާފަ އެވެ.
"ގޯލްޑަން" އަލްބަމްގައި އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އެޑް ޝީރީން އާއި ޝޯން މެންޑެސް ފަދަ ތަރިންނާއެކު ކޮލެބްރޭޝަން ހަދާފައިވެ އެވެ.
އާއްމުންގެ އިތުރުން ދާއިރާގެ މާހިރުން ވެސް އަންނަނީ ޖަންކޫކްއަށް ތައުރީފް ކުރަމުންނެވެ. އެ ފަރާތްތަކުން ވަނީ ޖަންކޫކްއަކީ "ޕޮޕް ކިންގް"ގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.
ސައުދީ އަރަބިއްޔާގައި ޖަމަލުތަކަށް ޕާސްޕޯޓު ދޫކުރަނީ
ޝޫޓިންގެ ތެރެއިން އަޖޭގެ ލޮލުގެ ފެނުން ގެއްލުނު!
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ