ހުޅުމާލެ ޖަލުން 57 އަހަރުގެ ގައިދީއަކު ޕޮޒިޓިވްވުމުން އެ ޖަލު ލޮކްޑައުންކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ޕޮޒިޓިވްވި މީހާ މިހާރު ވަނީ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކުރެވިފަ އެވެ. އަދި ލޮކްޑައިންގެ ހާލަތަށް ހުޅުމާލެ ޖަލު ގެނެސް މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ކަމަށް ވެސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.
މީގެ ކުރިން ހުޅުމާލެ ޖަލުން 11 ގައިދީއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން ގަވާއިދުތަކާއި ހިލާފުވެގެން ފުރުވާލަންދެން ބައިތިއްބާފަ ތިބި ފަސް ބިދޭސީންނާއި ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީންތަކެކެވެ.
ޖަލުތަކުގައި ކޮވިޑް ފެތުރުން މަދުކުރުމުގެގޮތުން، ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އެމީހަކު އަަވަހަށް ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެޗްޕީއޭ އިން ކުރިއަށްގެންދެ އެވެ. އަދި މީގެ އިތުރުން ޖަލުތަކުގައި ކޮވިޑްގެ ހާލަތު ވަޒަންކުރުމަށް ރެންޑަމް ސާމްޕަލް ވެސް ވަނީ ނެގިފަ އެވެ.
މާ ގިނައިން ފެން ބުއިމަކީ މައްސަލައަކަށް ވެދާނެތަ؟
މެސީއަށް ލިބުނު އަނިޔާ އާ ގުޅިގެން ޕުއެޓޯރިކޯގެ ދަތުރު ފަސްކޮފި
"ރަންގް ދޭ ބަސަަންތީ"ގެ ރީޔުނިއަންގައި މެޑީ ނުފެނުނީ ކީއްވެ؟
