ތިމާމެންގެ އާރާއިބާރު ދައްކާލާން ބޭނުންވީމާ ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަވުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުން ކަމަށެވެ. އަދި ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 25 އަހާރައި 27 އަހަރާއި 26 އަހަރުގެ ތިން ދިވެހި ފިރިހެނުން ކަމަށެވެ.

ޔާމީންގެ ފޮޓޯއާ ނުލައި މުއިއްޒަށް 500 ވޯޓުވެސް ނުލިބޭނެ: މަލީހު

ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރު ކަން ކުރެއްވެވި މަލީހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފޮޓޯއާ ނުލާ މުއިއްޒަށް މިގައުމުން 500 ވޯޓުވެސް ނުލިބޭނެ ކަމަށެވެ.

ކުވެއިތުގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަނީ

ރައީސް އޮފީހުން ބުނީ ކުވެއިތުގެ އަމީރު ޝެއިޚް ނަވާފް އިއްޔެ އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރަން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ބޭއްވި ރަސްމިއްޔާތުގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މޭޔަރުކަމުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ ކަމަށްވާ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރު ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް އިއްޔެ ވަނީ ތަރުތީބު ކޮށްފަ އެވެ.

ކްރޫޒްލައިނާ ރާއްޖެ ނާންނަ މައްސަލައަށް ހައްލު ހޯދައި ދޭނަން: ފައިސަލް

ފައިސަލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރޫޒުލައިނާތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގަވައިދު އިސްލާހުކޮށް ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އިއްޔެއިން ފެށިގެން ޑިސެމްބަރު 25 ގެ ހަވީރު 4:00 އާ ހަމައަށް ޕްރައިމަރީގައި ވާދަ ކުރަން ޝައުގުވެރިވާ މީހުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޕްރައިމަރީއެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އަންނަ މަހުގެ 26 އަދި 27 ގައި ބާއްވަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖުމްހޫރީ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕާޓީ ޓިކެޓުގައި އަންނަ އަހަރު ބާއްވާ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު އެޕާޓީން ދޭނީ އެކަމަށް ގާބިލްކަން ހުރި އަދި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ މީހުންނަށް ކަމަށް ޖޭޕީން ބުނެ އެވެ.