ރާއްޖޭގެ ތާރިހުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅަށް "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަގު އަދާކުރާނީ 70 ހެކްޓަރުގެ ބިން ސީއެމްސީއަށް ދީގެން ކަމަށް އާބަންކޯ އިން ބުނެފި އެވެ.
އާބަންކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ފުށިއްދިގަރު ފަޅު ހިއްކަނީ އާބަންކޯ އާއި ސަރުކާރުގެ ބަޖެޓަށްވެސް އެއްވެސް ބުރައެއް ނުވާނެ ގޮތަށް ކަމަށާއި އެކަން ކުރަނީ ސަރުކާރަށް ލިބުނު ހުށަހެޅުންތަކަށް ބަލައި ފުށިދިއްގަރުފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުން 10 ހެކްޓަރުގެ ބިން ހިއްކާ ކުންފުންޏަށް ދޫކޮށްލާ ގޮތަށް ކަމަށެވެ.
"ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރު, ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީގެ އެސެޓަށް އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ," ފަޒުލް ވިދާޅުވި އެވެ.
އެ ބިން ތަން ދޫކުރަނީ ރަސްމާލެ ތަރައްގީ ކުރަން ހޭދަވާނެ ކަމަށް ބެލެވޭ 99 އަހަރުގެ މުއްދަތަށް ކަމަށް ފަޒުލް ވިދާޅުވި އެވެ. ނަމަވެސް، ހުޅުމާލެ އިން ދޫކުރި ބިމުގެ އަަގާއި ރަސްމާލެއިން އުފެދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައި ކަމެއް ފަޒުލް ވިދާޅެއް ނުވެ އެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ކޯޕަރޭޓް ގެރެންޓީއަކާ އެކު އާބަންކޯގެ ކޭޝްފްލޯއަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް ކަމަށް ފަޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން ފަޒުލް ވިދާޅުވީ ސީއެމްސީސީއަށް ދޫކުރި ބިންތައް އެ ކުންފުނިން ބޭނުންވާ އަގެއްގައި ވިއްކޭނެ ކަމަށާއި އެކަމުގެ ތެރެއަށް އާބަންކޯ ނުވަންނާނެ ކަމަށެވެ. ނަމަވެސް ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށާއި ސީއެމްސީސީއަށް ފައިސާ ދޫކުރާނީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިވެލޮޕްމެންޓަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު އުނިކުރުމާ އެކު އާބަންކޯ މެދުވެރިކޮށް ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ފެށި އެވެ.
ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.
ހިއްކާ ބޮޑުމިނާއި ރަށުގެ އުސްމިން އެނގުނާއި ފަޅުގެ ފުންމިން އެނގުނު ނަމަވެސް، މުޅި މަޝްރޫއުގެ ހަރަދެއް ނޭނގެ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނުކުރެ އެވެ.
މިސަރުކާރުން މިވަނީ ގައުމުގެ ރައްޔިތުންގެ އެންމެ އަގު ބޮޑު ބިން ރައްޔިތުން ގާތުން އަހާވެސް ނުލާ ލަންކާ ފަދަ ބަނގުރޫޓް ވެފައިވާ ގައުމެއްގެ ވާނުވާ ކުންފުންނަކާއި އެކު ސިއްރު ޑީލް ތަކެއް ހަދާ މަޖްލީހުގެ އިންތިޚާބާއި އަދި ވަޒީރުންނަށް ރުހުން ޙޯދަން 500 މިލިއަން ޑޮލަރުގެ ކަޓެއް ނަގައިގެން ގައުމުގެ ބިން ވިއްކާލާ ގައުމު އަޅުވެތިކޮށް މިރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލުކޮށްފައޭ ގައުމުގެ މިނިވަންކަން ގެއްލިއްޖެއޭ ގެއްލިއްޖެއޭ ގެއްލިއްޖެއޭ ގެއްލިއްޖެއޭ ގެއްލިއްޖެއޭ ގެއްލިއްޖެއޭ ގެއްލިއްޖެއޭ