މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވެސް ފިއްލަވައިގެން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފާނެ ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.
އާޒިމަކީ މި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި އާޒިމް "ސައިލެންޓް"ކޮށް ހުންނަވާފައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިހާބު ބޯމަތިވުމާ އެކު، އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވައި ކެމްޕެއިން ކުރައްވަން ފެއްޓެވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމާ މެދު ސުވާލު އުފެއްދި އެވެ. ގިނަ ބައެއްގެ ހިތްތަކުގައި ނުތަނަވަސްކަން ބޮޑަށް އުފެދުނީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި ވެރިކަން ކުރައްވާ ޕީއެންސީއާ ގުޅިވަޑައިގަތުމުންނެވެ.
ސަފާއަށް އާންމުން ފާޑުކިޔަން ފެށުމުން މަރުހަބާގެ ޕޯސްޓް ޑިލީޓްކޮށްފި
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ސަފާ އައްޔަން ކުރިތާ ދުވަސްކޮޅެއްވެއްޖެ އެވެ. ސަފާގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރެއްވި ފާތިމަތު މިޒްނާ އަލީ އަށް މަރުހަބާ ކިޔައި ޕޯސްޓެއް ވެސް މިނިސްޓްރީން "އެކްސް" ގައި އާންމު ކުރި އެވެ. އެ ދެ ބޭފުޅުންގެ ފޮޓޯ ހިމަނައި މަރުހަބާ ކިޔާ "އެކްސް" ގައި ޑިފެންސް މިނިސްޓްރީގެ އެކައުންޓުން ވަކި ވަކީން ޕޯސްޓް ކޮށްފައިވެ އެވެ. ނަމަވެސް އެ ދެ ޕޯސްޓް ވެސް މިހާރު ވަނީ ނަގައިފަ އެވެ.
ބޯކޮށް ވާރޭ ވެހި ފުވައްމުލަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނީ ފެންބޮޑުވީ ބައެއް ގެތަކުގައި ނަމަވެސް ޖުމްލަކޮށް ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފެންބޮޑުވެ އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހުނު ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ
އެމްއެންޑީއެފުން ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ރައީސް މުއިއްޒު ވަނީ ޕީޕީއެމް ފިކުރަށް އަދި ގައުމިއްޔަތަށް ބޭވަފާތެރިވެފައި: ޖަމީލް
ޖަމީލް އެގޮތަށް ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި ވެރިކަން ކުރައްވާ ޕީއެންސީއާ ގުޅިވަޑައިގަތުމުންނެވެ.
ހުދުމުހުތާރުކަން އާލާވިޔަ ނުދޭން އެމްޑީޕީން މަސައްކަތް ކުރާނެ: ފައްޔާޒު
އެމްޑީޕީއަށް ނިސްބަތްވާ 13 މެމްބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއާ ވަކިވެ ދިޔަ މަޖިލިސް މެމްބަރުން ޕާޓީއަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.