ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރުމުގެ މުގާބިލުގައި ބޮޑެތި އަދަދުން ފައިސާ ދިނުމަށް އެ ޕާޓީން އޭނާއަށް ރިޝްތު ހުށަހެޅި ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ހޮވިގެން އެހެން ޕާޓީއަކަށް ބަދަލުވުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ޔައުގޫބު ވިދާޅުވީ އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުން އެ ޕާޓީއާ ގުޅިވަޑައިގަތީ ގައުމަށްޓަކައި ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ޕީއެންސީއަށް ސޮއިކުރުމަށް ފައިސާގެ ހުށަހެޅުމެއް އޭނާއަށް ހުށަހެޅި ކަމަށާއި އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނގުރާމަތަކުން ގެންނަ ދިވެހިންގެ އެސެސްމަންޓްތަކަށް ފަހު ގާނޫނީ ފިޔަވަޅު އަޅާނެ: އިހުސާން

ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔަ ދިވެހިންނާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޖުމްލަ 100 އަށް ވުރެ ގިނަ މީހުން ހަނގުރާމަ އަށް ގޮސްފައިވާއިރު، އޭގެ ތެރެއިން 90 މީހުން އަނބުރާ އަންނަން ބޭނުންވެ ކަމާ ބެހޭ އިދާރާތަކާ ކޮމިއުނިކޭޓްކޮށްފައިވާ ކަމަށެވެ.

ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް ގައިދީންނާއި އޮފިސަރުންގެ އެކޮމޮޑޭޝަން ރަނގަޅު ކުރަނީ

ކަރެކްޝަނަލް ސާވިސްގެ ދަށުގައި އޮންނަ ކ. ހިންމަފުށީ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ހަސަން ވިދާޅުވީ އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ބުރަ، ދީނީ އަދި ގައުމީ މަސައްކަތެއް ކަމަށާއި ކަރެކްޝަންސްގެ އޮފިސަރުންނަކީ ތަމްރީނެއް ފުރިހަމަކޮށް، ހުވައެއް ކޮށްގެން ތިބި އޮފިސަރުން ކަމަށެވެ.

ޒަމާނީ ވަސީލަތްތައް އެމްއެންޑީއެފްއަށް ހޯދަމުން އަންނަ ކަމަށް ބުނެފި

ފައްސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ކުންފުންޏަކުން އަސްކަރިއްޔާއަށް ޑްރޯން ގެންނަން އެއްބަސްވުމެއް ހެދި ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އެމްއެންޑީއެފްއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި ކާރިސާތަކުން ރައްކާތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސްހޫލިއްޔަތު ވެސް އެމްއެންޑީއެފްއާ މަތިކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާޒިމް ހުވާ ކުރުން އަންނަ ހޯމަ ދުވަހު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އާޒިމް އާއި މާލޭގެ ދާއިރާތަކަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ.

އާބަންކޯ ކިޔުން ހުއްޓާލައި އެޗްޑީސީގެ ނަން ބޭނުން ކުރަން އަލުން ފަށަނީ

އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ބްރޭންޑް "އާބަންކޯ" އަށް ބަދަލުކުރަން ނިންމީ، ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ގޮތުގައި މަސައްކަތްތައް ބައްޓަން ކުރަން ކަމަށެވެ.