މުރަނގަ ފަތަކީ ޕްރޮޓީންގެ ރަނގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެ އެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 ޕަސެންޓެވެ.
މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެންވެ އެވެ.
ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަނަޅު ކޮށްދިނުމާއި ދިފާޢީ ބާރު ރަނގަޅުކޮށް ދިނުމާއި ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމުގެ އިތުރުން ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެ އެވެ.
މީގެ އިތުރުންވެސް ޖަރާސީމު މަރައި ނައްތާލުމާއި ބަރުދަން ލުއިކޮށްދިނުމުގެ އިތުރުން ލޭ ދައުރުވުން ރަނގަޅު ކޮށްދިނުމާއި ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދިނުމަކީ މުރަނގަ ފަތުން ލިބޭ ފައިދާ ތަކެވެ.
އޭގެ އިތުރުން ލޭގައި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދިނުމުގައި އެހީތެރިވެދޭއިރު އުމުރުން ދުވަސްވުމުގެ އުދަނގޫތަކާ ދުރުކޮށްދެ އެވެ.
ހަޖަމު ރަނގަޅުކޮށް ދިނުމުގައި މުހިންމު ދައުރެއް މުރަނގަ ފަތް އަދާ ކުރާއިރު އެއިން ހަށިގަނޑުގެ ހަންގަނޑަށް ރީތިކަމާއި، މަޑުކަމާއި، އޮމާންކަން ގެނެސްދެ އެވެ. މޫނުގައި ފަޅާފައިވާ އޮށާޅައިގެ އުދަނގުލުން މިންޖުކޮށްދޭއިރު ހަށިގަނޑުގައި އެކި ހޯމޯންތަކުގެ މިންވަރު ބެލެންސްކޮށް ބަހައްޓައިދިނުމުގައި ވެސް ހީނުކުރާވަރުގެ މުހިއްމު ދައުރެއް މުރަނގަ ފަތް އަދާކުރެ އެވެ.
މުރަނގަ ފަތް ބޭނުންކުރުމުން ލިބޭ އެހެނިހެން ފައިދާތަކުގެ ތެރޭގައި ބަނޑުގައި ހެދޭ ފާރު ފަސޭހަވުމަށް އެހީތެރިވުމާއި ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރި ކޮށްދިމާއި ހުޅުތަކުގެ ރިހުން ލުއި ކޮށްދިމާއި ތަފާތު ބަލިތަކުން ދިފާޢު ކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެ އެވެ.
ކުރިން ނޭގޭ ކަމެއްނޫންއެއީ! މިހާރުގެ މީހުންނަށް ނޭގި އޮތްކަމެއްތީ ދުވަސްވީ ހަރުދަނާ މީހުންގެ ކިބައިން އޮޅުން ފިލުވީނަމަ މިހާރުގެ މީހުންނަށްވެސް އެނގުނީހެވެ. ހުރިހައިވެސް މަސްއަލައަކީ ދިވެހިގޮތްތަކާއި ވަންތަކަން ދޫކޮށް ބޭރުގެ ގޮތްތައްހޯދަންއުޅުމެވެ.