ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއްގެ ތެރެއަށް ތުއްތު ކުއްޖަކަށް ހޮޑުލެވުމުން، ޓެކްސީ ސާފުކުރުމުގެ އަގުގެ ގޮތުގައި އެއްހާސް ރުފިޔާ ނަގައިފި އެވެ.
މި ހާދިސާގައި ހިމެނޭ އެއް އަހަރުގެ ކުއްޖާ ގޮވައިގެން ދަތުރުކުރި މަންމަ ހައްވާ މުހައްމަދު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އެ މީހުން މާފުއްޓަށް ދިއުމަށް ހުޅުމާލެއިން މާލޭގެ ޖެޓީ ނަމްބަރު ހައަކަށް ދަތުރުކުރީ ނަލަ ޓެކްސީއެއް މެދުވެރިކޮށެވެ. ސިނަމާލެ ބްރިޖުން މާލެއަށް ފޭބެން ކައިރިވެފައި ވަނިކޮށް ކުއްޖާއަށް ހޮޑުލެވުނީ ކަމަށާއި، އެ ވަގުތު ޑްރައިވަރު އެއްވެސް އެހީތެރިކަމެއް ނދީ ސާފުކުރުމުގެ އަގުގެ ގޮތުގައި ފުރަތަމަ 1500 ރުފިޔާއަށް ޑިމާންޑް ކުރި ކަމަށް އޭނާ ބުންޏެވެ.
ހައްވަ ބުނީ ޓެކްސީ ސީޓުގައި ހުރީ ވަރަށް ކުޑަކޮށް ހޭކިފައި ކަމަށާއި، ގިނަބައި ހުރީ ކުއްޖާ އާއި އޭނާގެ ގައިގައި ކަމަށެވެ.
ކުއްޖާގެ ގައިގައި ވެސް އަދި ޓެކްސީގައި ވެސް ހުރީ ހަމައެކަނި ބުއި ބުއްފުޅީގެ ބައި ކަމަށާއި، އެއްވެސް ކާނާއެއް ނެތް ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި އަންހެނަކު އެކަނި ކުޑަކުދިންތަކެއް ގޮވައިގެން ހުރިއިރު ޑްރައިވަރު އަމަލުކުރީ ވަރަށް ރަހުމުކުޑަ ގޮތަކަށް ކަމަށް އޭނާ ތުހުމަތުކުރި އެވެ.
ފެރީ ގަޑިޖެހިދާނެ ކަމުގެ ބިރު އޮތުމުންނާއި، ފައިސާ ނުދީފާނެ ކަމަށް ބަލައި ޑްރައިވަރު މަޑުމަޑުން ދުއްވި ކަމަށް ހައްވަ ބުންޏެވެ. ފަހުން ފިރިމީހާއަށް ގުޅައި ވާހަކަ ދެއްކުމަށްފަހު، އަގު އެއްހާސް ރުފިޔާއަށް ކުޑަކޮށްދިނުމުން އެ ފައިސާ ޑްރައިވަރުގެ އެކައުންޓަށް ޖަމާކޮށްދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. ގަރާޖަކަށް ގޮސް ސާފުކުރި ކަމަށް ބުނެ ޑްރައިވަރު ބިލެއް ފޮނުވި ނަމަވެސް، ރަސްމީ ބިލެއް ފޮނުވާފައި ނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
މި މައްސަލައާ ގުޅިގެން ނަލަ ޓެކްސީ ސެންޓަރަށް ގުޅައި ވާހަކަ ހިއްސާކޮށްފައި ވާނެ ކަމަށް ހައްވަ ބުންޏެވެ. މި ހާދިސާގެ ފޮޓޯތަކާ އެކު އޭ ނާވަނީ ސޯޝަލް މީޑީއާގައި ވެސް މި ކަން ހިއްސާކޮށްފަ އެވެ.
ގޯލްޑަން ގްލޯބްސް: މިއުޒިކް ކެޓަގަރީއިން "މައިކަލް" ބޭރުވެއްޖެ
ކާބޯތަކެތި ހޯދައި ރައްކާކުރަން ޔޫކޭ ސަރުކާރުން އަންގައިފި
އީރާނާ ދެކޮޅަށް އެމެރިކާއިން އިތުރު އަސްކަރީ ހަރަކާތެއް ހިންގަނީ

ޕޯރޓަބްލް ޝީޓް ކްލީނާ އެއް ކޮންމެ ޓެކްސީ އަކު އޮތުން ރަނގަޅު.. އެއްމެން އަކައް 1000ރ އެއް ނުދެވޭނެ.. މިހާރު ޓެކްސީ ޑުރައިވަރުން އެއް ނޫޅޭ. މިހާރު އުޅެނީ އެޕްއަޅައިގެން ފައިސާ ފެލާ މެޝިންތައް
1000 ނަގަނީގެ އަހަރީ ފީ އަދި ސަރުކާރައް ދައްކަންޖެހޭ ލާރިތައް ގިނަވެގެން ދެކޮޅު ނުޖެހިގެން ނިކަމެތި ޓެކުސީ ދުއްވާ މީހުން އަތުން. މިނަގާ ފީތައް ބޮޑުކުރުމުން އަހަރެމެން ވެސް ނަގާ އަގު ބޮޑުވާނެ. އަޅުގަނޑު ސައިކަލެއް މީހަކު އަތުން ގަނެގެން އަދި ލާރިދީ ހަމަނުވޭ. މާދަމާ ނައްތާލާ ދުވަސް. މީ ހަމަ ރައްޔަތުން ލޭ ބޮނީ ފޭރެނީ. މީ ވަރައް ދެރަކޮއް ރައްޔަތުންނައް ގެނެވުނު ގުންޑާ ސަރުކާރެއް. މިސަރުކާރާ ދެކޮޅައް ކުރާ ކޮންމެ ކަމެއްގަ ޖާނުދޭން ތައްޔާރު. ވެހިކަލް ގިނަވަނީ ނުކަތާ ވަރައް މީހުން އެރުވާމަ. ހުޅުމާލެ ނުކ