ކޭޕޮޕްގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު ޖިން އޭނާގެ އަސްކަރީ ހިދުމަތް ނިންމުމަށްފަހު އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.
2022 ވަނަ އަހަރުގެ ފަހުކޮޅު އަސްކަރިއްޔާގެ ހިދުމަތާ ގުޅުނު ޖިން އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަންނަ ޖޫން މަހުގެ މެދުތެރޭގަ އެވެ.
އެގޮތުން ޖިން ވަނީ އޭނާ އަސްކަރިއްޔާގައި ހޭދަކުރަން ޖެހޭ ދުވަސްތައް "ކައުންޓް ޑައުން" ކުރަން ފަށާފަ އެވެ. ދެން އޭނާ އަސްކަރިއްޔާގައި އުޅެން ޖެހޭނީ 100 އެއްހާ ދުވަހެވެ.
ޖިންގެ ފަހުން ބީޓީއެސްގެ އެހެން މެމްބަރުން ވެސް ވަނީ އަސްކަރީ ހިދުމަތާ ގުޅިފަ އެވެ. އެއާއެކު ބީޓީއެސްގެ ހުރިހާ ކަމެއް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ދެކުނު ކޮރެއާގައި ވަކި އުމުރަކަށް ނިސްބަތްވާ ފިރިހެނުން ވަކި މުއްދަތަކަށް އަސްކަރިއްޔާއަށަ ހިދުމަތް ކުރުމަކީ ލާޒިމް ކަމެކެވެ.
ޑެބިޓް ކާޑު އޭޓީއެމްތަކުން "ކްރޮސް ބޯޑާ" ފީ ނުނަގާނެ
ނުލިބިހުރި ފައިސާގެ ތެރެއިން އޮގަސްޓް މަހު 497 މިލިއަން ރުފިޔާ!
ޑޮލަރު މާރުކުރަންޖެހޭ މައްސަލާގައި މަޓީގައި ހޫނު ބަހުސެއް