ކެތްތެރިކަމާ ހިތްވަރަކީ ކުރިއެރުމަށް މުހިންމު ދެ ސިފަ އެވެ. އެމެރިކާގެ އަލަބާމާއަށް ނިސްބަތްވާ ފަގީރު އެހެނަސް ކެތްތެރި ހިތްވަރުގަދަ ކިޔަވާ ކުއްޖަކަށް، މީހުންގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާގެ ގްރެޖުއޭޝަން ނިންމާފަ ދާހިތްލާ ފޯވެގެން ހުރެ ބަހަކުން ފައިބައިގެން، އޭނާ ދިރިއުޅޭ ގެއާދިމާލަށް ދަނިކޮށް މީހަކު ފޮޓޯނަގައި، ސޯޝަލް މީޑިއާގަ ދައުރު ކުރި ހިސާބުންނެވެ.
އަމިއްލަ ގްރެޖުއޭޝަނަށް ދިއުމަށްޓަކައި ބަހުގައި ދޮޅުގަޑިއިރުގެ ދިގު ދަތުރުކުރީ އެމެރިކާގެ އަލަބާމާ ސިޓީގެ ޓަރަންޓް ހައި ސްކޫލް އަށް ނިސްބަތްވާ 16 އަހަރުގެ ކޮރޭ ޕެޓްރިކް އެވެ.
ކޮރޭގެ އާއިލާ ވަނީ އޭނާ ގްރެޖުއޭޓްވާން އަހަރަކަށް ވެފައި ވަނިކޮށް އެހެން ސްޓޭޓަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ނަމަވެސް އެކަނި އުޅެން ޖެހުނު ކަމަށް ވިޔަސް ކޮރޭ ބޭނުންވީ އޭނާގެ ގާތް އެކުވެރިންނާއެކު ކިޔެވުން ފުރިހަމަ ކުރުމަށް ކަމަށް ވާތީ، އޭނާ އާއިލާއާ އެކު ހިޖުރަނުކޮށް މަޑުކުރި އެވެ.
ކޮރޭގެ އާއިލާއަކީ އެހާ ފުދުންތެރި އާއިލާއަކަށް ނުވުމުން ދަތުރު ފަތުރުކޮށް ހަދަނީ ޕްބްލިކް ޓްރާންސްޕޯޓް ބޭނުންކޮށްގެނެވެ. ކޮންމެ ދުވަހަކު ސްކޫލަށް ވެސް ދަނީ ދޮޅު ގަޑިއިރުގެ ބަސް ދަތުރަކަށް ފަހު އެވެ.
ކޮރޭގެ މަންމަ އެމެރިކާގެ ނޫހަކަށް ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ކޮންމެ ދުވަހަކު ފަތިހު ހަތަރާ ފަހަކާ ދޭތެރޭ ބަސްނަގަން ގޭދޮށުގެ ބަސް ސްޓޮޕަށް ދެ އެވެ. އަދި ސްކޫލް ނިމުމަށްފަހު ވެސް ގޭދޮށަށް އަންނަ ބަހެއްގެ އިންތިޒާރުގައި ވަރަށް ގިނަ ވަގުތު ހޭދަކުރުމަށްފަހު ގެއަށް އާދެވޭނީ ރޭގަނޑު ހަތެއް ޖަހާއިރު އެވެ.
ކޮރޭގެ ގްރެޖުއޭޝަން ދުވަހަކީ ވެސް އެހެން ދުވަހެކޭ އެއްފަދަ ދުވަހެކެވެ. އާއިލާގެ ފުދުންތެރިކަން ދަށްވުމުގެ ސަބަބުން އޭނާގެ ގްރެޖުއޭޝަނަކަށް ނާދެވުނެވެ. ކޮރޭ އޭނާގެ ގްރެޖުއޭޝަން ހެދުން އަޅައިގެން ބަހުގައި ގޮސް ބަހުގައި ގެއަށް އަ އެވެ. ނަމަވެސް އޭނާއަށް ނޭންގި އޮތްކްމަކީ އެދުވަހު އޭނާގެ ދާހިއްލާފޯވެގެން ގެއަށް އައި މަންޒަރު ހެޔޮއެދޭ ބަޔަކު ފޮޓޯނަގައި ސޯޝަލް މީޑިއާގައި ދައުރު ކުރިކަމެވެ. އެފޮޓޯތައް ފެނި ކޮރޭއަށް އެތައް ބައެއްގެ ހަމްދަރުދީ އޮހުނެވެ. އަދި އަލަބާމާގެ މުއްސަދިން އޭނައަށް ކާރެއް ހަދިޔާކޮށް ލައިސަން ވެސް ނެގޭ ގޮތް ހަމަޖައްސައިދިނެވެ.