ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުން ބުނީ ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 10:00 ހާއިރު ލިބުނު ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ފަރުވާދެމުން އަންނަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޕެންޓަގަންގެ އެންމެ އިސް މިލިޓަރީ ޕްލޭނަރު މަގާމުން ވަކިކޮށްފި
ބޮލްސޮނާރޯ އޭނާއަކީ "ބްރެޒިލްގެ ޒައީމް" ކަމަށް ބުނެފި
