ކުޑަދަރިފުޅަށް ދޭންވާ އެންމެ ފުރިހަމަ އަޅާލުމާއި ސަމާލުކަން ނުދެވޭހެން ހީވުމަކީ ހުރިހާ މަންމައިންގެ ވެސް އެންމެ ބޮޑު އެއް ފިކުރެވެ.

މަންމައެއްގެ ހައިސިއްޔަތުން އެންމެ ދެރަވާ އެއްކަމެވެ. 24 ގަޑިއިރު ގޭގައި ހުންނަ މަންމައެއް ކަމަށް ވިޔަސް އަދި މަސައްކަތުގައި ދަރިންނާ ދުރުގައި އުޅެންޖެހޭ މަންމައެއް ކަމަށް ވިޔަސް، މި އިހްސާސް ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާގެ ނިއުރޯ ސައެންޓިސްޓެއް ކަމަށްވާ ޖާކް ޕޭންކްސެޕް އުފެއްދި ނުވަ މިނެޓް ތިއަރީއަކީ މަންމައިންގެ އިތުބާރު ލިބިފައިވާ، އެކަމުގެ ހައްލެވެ.

ޕޭންކްސެޕް ވިދާޅުވާ ގޮތުގައި މުޅި ދުވާލު ވަކި ގަވާއިދަކުން ދަރިންގެ ކަންކަން ތާވަލުކުރުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ވެސް ނުވަ މިނިޓް އެ ކުދިންނާއެކު ހޭދަކޮށްގެން ނަފްސާނީ ގޮތުން ދުޅަހެޔޮ، މުޖްތަމައަށް ފައިދާހުރި ގާބިލް ބަޔަކަށް، އެކުދިން ހެދިދާނެ އެވެ.

ޕޭންކްސެޕް އޭނާގެ މި ނުވަ މިނެޓް ތިއަރީ ބަހާލާފައިފައި ވަނީ ކުޑަކުއްޖަކަށް ކޮންމެ ދުވަހަކު ވެސް އެންމެ އެހީތެރިކަމާ، އަލާލުމާ، އަދި ލޯބި ބޭނުންވާ ތިން ވަގުތަށް ބަލައިގެންނެވެ. އެއީ ހެނދުނު ނިދާ ހޭލާ ވަގުތާއި ސްކޫލުން ގެއަށް އައިސް ވަންނަ ވަގުތު އަދި ރޭގަނޑު ނިދުމުގެ ކުރި އެވެ.

މި ވަގުތުތަކަކީ ބޮޑު މީހެއްގެ އަޅާލުން އެންމެ ބޭނުންވާ ވަގުތު ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ.

ޕޭންކްސެޕް ބުނާގޮތުގައި މި ތިން ވަގުތު، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުމާއި ލޯބި ދިނުމުގައި އެކުދިންނާ އެންމެ ގާތް މީހާ ނުވަތަ މަންމަ ތިން މިނެޓް އެކުދިންނާ އެކު ހޭދަކުރާ ނަމަ އެ ލިބިދެނީ ވަރަށް ބައިވަރު ފައިދާހުރި ވިސްނުންތަކެކެވެ. ކުޑަކުދިން ފައިދާހުރި ހަރުދަނާ މީހަކަށްވުމަށް އަޅާދޭ ބިންގަލެއް ކަމަށް ވެސް އެފަދަ ވިސްނުންތައް ވެ އެވެ.