ދުނިޔޭގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ފޯބްސްގެ ޖޯޖިއާ އެޑިޝަނުގައި ޝާއިއުކުރި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާޓިކަލް އެ މަޖައްލާގެ ވެބްސައިޓުން ނަގައިފި އެވެ.
ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދި ދިވެހި ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި އިސްކޮށް އުޅުއްވި އަދީބާ ގުޅޭގޮތުން ލިޔެފައިވާ މި އާޓިކަލް އެ މަޖައްލާގައި އާންމުކުރީ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ. އެހެން ނަމަވެސް، މިހާރު އެ އާޓިކަލްގެ ލިންކަށް ނުވަދެވެ އެވެ.
އަދީބުގެ މޫނުމަތި ރީތިކުރަން ނުކުރާ ކަންތައްތައް ވެސް ކުރިކަމަށް ހަދައިގެން ޖެހި މި އާޓިކަލް ވެބްސައިޓުން ނެގުމަށްފަހު ފޯބްސް އިން ލިޔެފައިވާ އެޑިޓޯރިއަލް ނޯޓެއްގައި ބުނެފައިވަނީ މި ފިޔަވަޅު އަޅަން ޖެހުނީ އެ ލިޔުން ޝާއިއުކުރުމާއި މައުލޫމާތު އެއްކުރި ގޮތާ މެދު ސުވާލުތަކެއް އުފެދުމުންނެވެ. އަދި އެ ލިޔުމަކީ އެ ނޫހުގެ އެޑިޓޯރިއަލް އަދި ވިޔަފާރީގެ ކޮންޓެންޓްގެ މިންގަނޑުތަކަށް ފެތޭ އެއްޗެއްތޯ ބެލުމަށްޓަކައި މިހާރު ދަނީ އަލުން މުރާޖައާ ކުރަމުންނެވެ.
ފޯބްސް އަކީ ވިޔަފާރި، އިންވެސްޓްމަންޓް، ޓެކްނޮލޮޖީ އަދި މާލީ ދާއިރާގެ ހަބަރުތަކަށް ހާއްސަކޮށްގެން އެމެރިކާގައި ނެރެމުން އަންނަ ދުނިޔޭގެ ނުފޫޒުގަދަ މަޖައްލާއެކެވެ. 1917 ވަނަ އަހަރު ބީސީ ފޯބްސް އުފެއްދި މި މަޖައްލާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ އެމީހުން ނެރޭ ތަފާތު ރޭންކިން ލިސްޓުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓާއި، އެންމެ ނުފޫޒުގަދަ ފަރާތްތަކުގެ ލިސްޓު އަދި ފާހަގަކޮށްލެވޭ ޒުވާން ވިޔަފާރިވެރިން ހިމެނޭ "30 އަންޑަ 30" ގެ ލިސްޓު ހިމެނެ އެވެ.
ކޯޕައިލެޓް އުޅުނީ ފްލައިދުބާއީ ބޯޓު ތެލް އަވީވަށް ވައްޓާލަން
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި
2013 -2018 ރާއްޖޭގައި ހިންގި އެންމެބޮޑު ވައްކަމުގެ މުއްލާ.