ޗުއްޓީ ހޭދަކޮށްލުމަށް ކ. ތުލުސްދޫ އަށް ދިޔަ އިސްރާއީލްގެ ފަތުރުވެރިއަކު އެ ރަށުން ބާލައިފި އެވެ.
އެނގިފައިވާ ގޮތުގައި ތުލުސްދޫ އަށް ދިޔައީ އިސްރާއީލްގެ ބްލޮގާއެކެވެ. އެމީހާ ރަށުން ބޭލީ ރަށުގެ ރައްޔިތުންތަކެއް ގުޅިގެންނެވެ.
އެ އަންހެން ފަތުރުވެރިޔާ ލޯންޗަކަށް އަރުވައި ހުޅުލެއަށް ފޮނުވާލާފައި ވަނީ އެރަށުގެ ބައެއް މީހުން އޭނާހުރި ގެސްޓު ހައުސްއަށް ގޮސް އޭނާ އެ ރަށުން ފޮނުވާލަން އެދުމުން ކަމަށްވެ އެވެ.
މިކަމުގައި ގެސްޓްހައުސްގެ ވެރިފަރާތުން ވެސް އިންކާރުކޮށްފައި ނުވާ އިރު، އެއްވެސް ހަމަނުޖެހުމެއް ވެސް ނުހިނގަ އެވެ.
"އެމީހާއަކީ އަސްލު އިސްރާއީލް މީހެއް ކަމެއް ނޭނގޭ. އެހެން ގައުމެއްގެ ޕާސްޕޯޓު އޮތީ ވެސް. ތުލުސްދޫއަކީ އިސްރާއީލްގެ ރައްޔިތުންނަށް މަރުހަބާ ކިޔާނެ ރަށެއް ނޫން،" މައުލޫމާތު އެނގޭ މީހަކު ކިޔައި ދިނެވެ.
ތުލުސްދޫއަކީ އިސްރާއީލުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށްވި ނަމަވެސް، އެރަށުގެ އެކި ހިސާބުތަކުގައި، އެރަށުން އިސްރާއީލުގެ ފަތުރުވެރިންނަށް މަރުހަބާ ނުކިޔާނެކަމުގެ މެސެޖުތައް ލިޔެފައި ހުރެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް ހަމަލާތަކެއް ދެމުން އަންނާތީ ދިވެހިންގެ ނަފްރަތު އިސްރާއީލަށް ވަނީ އަމާޒުވެފަ އެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟
އިމްރާން ޚާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް
"މިއީ އަނިޔާއެއް، އަނިޔާވެރިވެގެން ދެމެހެއްޓުނު ވެރިކަމެއް ނެތް"