ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ނަފްސާނީ ސިއްހަތާމެދު ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާގެ މަންމައަށް ބޮޑު ތުހުމަތުތަކެއް ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބްރިޓްނީ ވަނީ މިހާރު އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯއަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެ ވީޑިއޯގައި ފެންނަނީ ބްރިޓްނީގެ ފައި ފުރޮޅުމުގެ ސަބަބުން އޭނާއަށް ނުހިނގި އޮއްވައި އެމްބިއުލާންސެއްގައި ސިއްހީ އެހީތެރިން އައިސް އޭނާއަށް އެހީވާ މަންޒަރެވެ.
ބްރިޓްނީ ވަނީ 40 އަހަރު ފަހުން އެ ހާދިސާގެ ވީޑިއޯތައް އިންޓަނެޓަށް ދޫވުމުގެ ފަހަތުގައި އޭނާގެ މަންމަގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކޮށްފަ އެވެ.
"އަހަންނަށް އެނގޭ އަހަރެންގެ މަންމަ އެކަމުގައި ހިއްސާވާކަން. މިހާރު މަންމައާ ވާހަކަ ނުދައްކާތާ ވެސް ހަމަސް ވެއްޖެ" ބުރިޓްނީ ބުންޏެވެ.
ބްރިޓްނީ ބުނީ ސިއްހީ އެހީތެރިން އޭނާގެ ކޮޓަރިއަށް ވަދެގަތީ ހުއްދަވެސް ނެތި ކަމަށާއި އޭނާއަށް ބޭނުންވިހާ ވެސް ކަމަކީ ގަނޑުފެން ކޮޅެއް ކަމަށެވެ.
ބްރިޓްނީއާއި އޭނާގެ މަންމައާ ދެމެދު ޖެހިފައިވާ މައްސަލަތަކަކީ އާއްމު މީޑިއާތަކަށް އާއްމުވެފައިވާ ވަރަށް ގޯސްވި މައްސަލަތަކެކެވެ.