ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައިގެން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރުންގެ ވަފުދެއް ރަސްމީ ދަތުރެއްގައި މިއަދު ޕާކިސްތާނަށް ފުރައިފި އެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި މި ދަތުރަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް، ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ދަތުރެކެވެ. މަޖިލީހުގެ ރައީސްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވާހެން، އެ ޕާޓީގެ 16 މަޖިލިސް މެންބަރަކު މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް، އެ ގައުމުގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ޓީމެއް ޕާކިސްތާނަށް މި ވަޑައިގެންނެވީ، ރައީސް މުހައްމަދު މުއިއްޒު ވެސް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެހެންނަމަވެސް، ރައީސްގެ އެ ދަތުރުފުޅާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ޣައްޒާގެ ހުރިހާ ރައްޔިތުން ބޭރުކޮށްލާނެކަމުގެ އިންޒާރު ދީފި
ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުވިއްކަން: ޒަރީރު
ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި