ދިވެހި ކުޑަކުދިންގެ މެދުގައި މަގުބޫލު "ރޮބޯމޭން" އަށް ބިނާކޮށް ދިވެހި ފިލްމެއްގެ މަސައްކަތް މީޑިއާނެޓާއި އޯކޭޒް އިންކް އިން ފަށައިފި އެވެ.

"ރޮބޯމޭން - ދަ މޫވީ" ގެ ނަމުގައި ގެނެސްދޭ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގެ އިތުރުން ވެބް ސީރީޒްތަކެއްގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ މަހުދީ އަހުމަދު އެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ.

https://www.instagram.com/p/C6ysxpmxcNj/

އޯކޭޒް އިން ބުނީ މި ފިލުމުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ. އަދި މި ފިލްމަށް ބޭނުންވާ ކާސްޓުން ހޯދަން ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތަކެއް ބާއްވާނެ ކަމަށްވެސް އޯކޭޒް އިން ބުނެ އެވެ.

https://www.instagram.com/p/C6y3ViCpEIE/?utm_source=ig_embed&ig_rid=4e49676a-b48e-40f1-8939-fdd4be1cd896&img_index=6

މި ފިލްމަކީ، ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ހުރިހާ އުމުރަކާއި ގުޅޭ ގޮތަށް އުފެއްދުމަށް ނިންމާފައިވާ ފިލްމެކެވެ.