30 އަހަރުން މަތީގެ އަންހެނުން ބަނޑުބޮޑުވުމަކީ މިހާރުގެ މުޖުތަމައުގައި ވަރަށް އާންމު ކަމެކެވެ. ނަމަވެސް އުމުރުން 30 އަހަރުން މައްޗަށް ދިއުމުން ބަނޑުބޮޑުވުމާ ގުޅޭ ގޮތުން އަންހެނުންގެ ހިތުގައި ގިނަ ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް އުފެދެ އެވެ. ސިއްހީ މާހިރުން ވަނީ މިފަދަ މުހިންމު ސުވާލުތަކަށް އަލި އަޅުވާލައްވާފަ އެވެ.
1. ދަރިމައިވުމުގެ ފުރުސަތު ކުޑަވޭތަ؟
30 އަހަރުން މައްޗަށް ދާއިރު އަންހެނުންގެ ދަރިމައިވުމުގެ ފުރުސަތު މަޑުމަޑުން ދަށްވާން ފަށަ އެވެ. ނަމަވެސް މިއީ 30 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ބަނޑުބޮޑުވުމަށް ނުކުޅެދޭނެ ކަމެއް ނޫނެވެ. ސިއްހަތު ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއަކާއެކު ގިނަ އަންހެނުންނަށް ފަސޭހައިން މާބަނޑުވެ އެވެ.
2. ސިޒޭރިއަން ހަދަން ޖެހުމުގެ ފުރުސަތު ބޮޑުވޭތަ؟
އުމުރުން ދުވަސްވީ ވަރަކަށް ބަނޑުބޮޑު ވުމުން އޮޕަރޭޝަން ކޮށްގެން (ސީ-ސެކްޝަން) ވިހަން ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އެއީ އުމުރުން މައްޗަށް ދާއިރު ބަނޑުގައިވާ ދަރިފުޅާއި މައިމީހާގެ ސިއްހީ ހާލަތަށް އަންނަ ބަދަލުތަކާއި (މިސާލަކަށް ލޭމައްޗަށް ދިއުން ނުވަތަ ވިހެއުމުގެ މައްސަލަތައް) ގުޅިގެންނެވެ. ނަމަވެސް އާންމުކޮށް ނޯމަލްކޮށް ވިހެއުމުގެ ފުރުޞަތުވެސް އޮވެއެވެ.
3. ސިއްޙީ ނުރައްކާތަކާއި ސަމާލުވާންވީ ކަންކަން
30 އަހަރުން މަތީގައި ބަނޑުބޮޑުވާނަމަ ލޭގެ ހަކުރު މަތިވުމާއ ލޭމައްޗަށް ދިއުން ފަދަ ކަންކަމަށް ގަވާއިދުން ބަލަން ޖެހެ އެވެ. މީގެ އިތުރުން ދަރިފުޅުގެ އާންމު އުފެދުމާއި ސިއްޙަތު ބެލުމަށް ހަދަންޖެހޭ ސްކޭންތަކާއި ޓެސްޓުތައް ގަވާއިދުން ހެދުން މުހިންމެވެ.
4. ރަނގަޅު ތައްޔާރީތައް
30 އަހަރުން މަތީގައި ބަނޑުބޮޑުވާން ރާވާނަމަ، ބަނޑުބޮޑުވުމުގެ ކުރިން ޑޮކްޓަރަކަށް ދައްކައި، ފޯލިކް އެސިޑް ފަދަ މުހިންމު ސަޕްލިމެންޓްތައް ނަގަން ފެށުމާއި، ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުން ފަދަ އާދަތައް އަށަގަންނުވަން މާހިރުން އިރުޝާދު ދެއްވަ އެވެ.
ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވޭޕްއަށް ދެވިހިފަނީ ކީއްވެ؟
ޔޫކޭއަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވާން އެދިއްޖެ