މިދިޔަ ހުކުރު ދުވަހު ހަތަރު މީހުންނާ އެކު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި ރިސޯޓަށް ދަތުރުކުރަނިކޮށް ގެއްލުނު ތުރީއޭ ކުންފުނި ސަޕްލައި ދޯންޏާ ގުޅިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އޭއޭއޭ-37 ދޯނި މިހާރު އޮތް ސަރަހައްދަށް ކޯސްޓްގާޑުގެ ޝަހީދު އަލީ މިހާރު ދަތުރުކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސަޕްލައި ދޯނި ހުއްޓިފައި ވަނީ އަޑީތެޔޮ ހުސްވެގެންނެވެ.
ތުރީއޭ ހިންގާ މެދުފުށި ރިސޯޓަށް ތިލަފުށިން ދޯނި ފުރާފައި ވަނީ ހުކުރު ދުވަހު ހެނދުނެވެ. ދޯނީގެ ޚަބަރެއް ނުވެގެން ކޯސްޓަށް ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހަވީރު އެވެ.
ގެއްލުނު ދޯނި ހޯދުމަށް ކޯސްޓް ގާޑުން ވަނީ ދިހަ ހާސް އަކަކިލޯ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ. ދޯނި ހޯދުމަށް ވަނީ ސީޕްލޭން ވެސް ބޭނުންކޮށްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތަތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.
އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް
ދިރާގުޕޭއިން ބިލް ދައްކައިގެން މެލޭޝިއާއަށް ދިއުމުގެ ފުރުސަތު
ބީއެމްއެލް އިން އަޅާ 182 ފްލެޓްގެ މަސައްކަތް ކުރިއަށް