ހައްވާ ލަމްހާ އަބްދުއް ރަޝީދަކީ އިންސްޓަގްރާމްގައި އާ މޫނެއް ނޫން. "ކޮއްކޮ އަމޫ" ގެ ނަމުގައި އޭނާ ހިންގާ އިންސްޓަގްރާމް އެކައުންޓު ފޮލޯ ކުރާ މީހުންގެ އަދަދު 40 ހާހަށް ވުރެ ގިނަ. އުމުރުން 29 އަހަރުގެ ލަމްހާ ވަނީ ރާއްޖޭގެ ގިނަ ބްރޭންޑްތަކާ އެކު މަސައްކަތްކޮށްފައި. މި ފަހަރު 10 ސުވާލު މި ކޮށްލަނީ ލަމްހާއަށް.

1. ލަމްހާ ކުރާ މަސައްކަތަކީ ކޮބާ؟

ލަމްހާ ކުރާ މަސައްކަތަކީ ހޮޓެލް ބިޒްނަސް

2. ފޭވަރިޓް ޓްރެވަލް ޑެސްޓިނޭޝަން އަކީ ކޮބާ؟

ފޭވަރިޓް ޑިޕެންޑްސް އޮން ހޮލިޑޭ ސްޕެންޑް ކުރަން ބޭނުންވާ ގޮތް. އެކި ކަންކަމަށް އެކި ތަންތަން ފޭވް އަކީ. ދެވިފައި ހުރި ތަންތަނުން ބުނަންޏާ ރިލެކްސްކޮށް ތަފާތު ތަންތަން ބަލަންޏާ ޖަޕާން އަދި ތުރުކީ. ސީނެރީސް ބަލާ އެންޖޯއި ކުރަންޏާ ލަންކާގަ ޓްރެއިންގަ ޓްރެވަލްކުރުން ބީޓްއެއް ނުކުރެވޭ. ސަކަރާތްޖަހާ މަޖާ ކުރަން ބާލީ އަދި ޕުކެޓް. ޝޮފިން އަށް ބެންކޮކް އަދި މެލޭ.

https://www.instagram.com/p/C7ZHv0MJrHe/?igsh=YjkxaXUydjZlOHdn

3. އެއްވެސް ބްރޭންޑަކާ އެކީ ކޮލާބޮރޭޝަންއެއް ކުރިއަށް ދޭތަ؟

އެބަ ވޯކްކުރަން ބައެއް ކޮލާބޮރޭޝަންސް ތަކުގައި މިހާރު ވެސް.

4. އެންމެ ބިރު ގަތް ދުވަހަކީ ކޮބާ؟

އެންމެ ބިރުގަތް ދުވަހަކީ ބައްޕަ އެކްސިޑެންޓްވީ ދުވަސް.

https://www.instagram.com/p/C6Js6m7pbLH/?igsh=MTB3cXZsams1ZWkwZA==

5. ކޮބާ ލަމްހާގެ ސަޕޯޓް ސިސްޓަމް އަކީ؟

ބައްޕަ އާއި މަންމަ. އައި ހޭވް އަ ވެރީ ސަޕޯޓިވް ފެމެލީ އެންޑް އަ ބަންޗް އޮފް ފްރެންޑްސް ހޫ ސްޓޭންޑް ބައި މީ ކޮންމެ ކަމެއްގައި ވެސް.

6. ލަމްހާ އަކީ " ފުޑީ" އެކޭ ބުނެވިދާނެތަ؟

ފުޑީ އެކޭ ނުބުނެފިއްޔާ އެއީ ވަރަށް ބޮޑު މައްސަަލައެެއް. ހެހެ.

7. މި ދުވަސްކޮޅު ބަލަމުންދާ ސީރީޒެއް އެބައިންތަ ކިޔުންތެރިންނަށް ރިކޮމެންޑް ކޮށްލަން؟

ބްރީޖަޓަން އަދި ލޮކްޑް އަޕް

https://www.instagram.com/p/C6EScu5xpOj/?igsh=MWJ4bDVkbWVzNGpwMw==

8. ލޯކަލް ޓްރެވަލް އޮޕްޝަންސް ތެރެއިން ރިކޮމެންޑް ކުރާނެ ތަނެއް އެބައިންތަ؟

ދަނގެތި، މާފުށި، އަދި ތުލުސްދު ވެސް ވަރަށް ކަމުދޭ

9. މެންޝަން ކޮށްލާ ޝައުޓް އައުޓެއް ދޭނެ އެއްވެސް މީހަކު އެބަހުރިތަ؟

ވަކި ސްޕެސިފިކް މީހެއް ނެތް. އެކަމަކު ޝައުޓްއައުޓް ޓު އަމިއްލަ މަސައްކަތެއް ކޮށްގެން ކުރި އަރަން މަސައްކަތްކުރާ ހުރިހާ ކުދިން. ލަމްއަށް ވަރަށް ފެނޭ ޓެލެންޓެޑް ކުދިން ޕޭޖެސް ހަދައިގެން ބިޒްނަސްއެއް ބިލްޑްކުރަން މަސަައްކަތްކުރާތަން. އަ ޝައުޓްއައުޓް ޓު އޯލް އޮފް ދެމް.

ލަމްހާ

10. ކޮންޓެންޓް ކްރިއޭޝަންއަށް ޝައުގުވެރިކަން ހުރޭތަ؟

ކޮންޓެންޓް ކުރާ ހިތްވޭ. އެކަމަކު އަސްލު ލާން ޖެހޭ ވަރަކަށް އެޕޯޓެއް ނުލެވޭ.

https://www.instagram.com/p/C289ibAxMoe/?igsh=OW45Z3o3cmcyMW54