ބޮލީވުޑްގެ ސުޕަ ސްޓާރު ސަލްމާން ހާންއާއެކު ކުރިއަށް އޮތް ފިލްމު "މާތުރްބޫމީ"ގައި މަސައްކަތް ކުރުމުގެ ތެރޭގައި، އޭނާގެ ޖިސްމާނީ ގާބިލުކަމާއި ހިތްވަރާ އެއްވަރަށް ފިލްމުގެ އެހެން އެއްވެސް ތަރިއަކަށް ނާދެވުނު ކަމަށް އެކްޓަރު އަންކުރު ބާޓިއާ ބުނެފި އެވެ.
އަންކުރު ބުނިގޮތުގައި ސަލްމާން ހާންގެ ވޯމް-އަޕް ވެސް އެހެން މީހުންނަށް ވުރެ ތިން ގުނަ ބާރު ގަދަވެފައި، ޓްރެއިނިން ސެޝަންތައް ދުވާލަކު ފަސް ގަޑިއިރާ ހަމައަށް ދިގުދެމިގެން ދިޔަ އެވެ.
އަންކުރު އިތުރަށް ކިޔައިދިން ގޮތުގައި، މީގެ އަހަރެއްހާ ދުވަސް ކުރިން ޕާޓީއެއްގެ ކަނެއްގައި ކުޑައިރުއްސުރެ އޭނާ އެންމެ ލޯބިކުރާ އައިޑޮލް ކަމަށްވާ ސަލްމާން ހުއްޓާ ފެނުމުން، ގޮސް ސަލާމް ކޮށްލަން އުޅުނެވެ. ނަމަވެސް އެކަން ނުކުރީ ސަލްމާންއާ ބައްދަލު ކުރަން އޭނާ ބޭނުންވީ އެކްޓަރެއްގެ ގޮތުގައި ކަމަށް ވުމުން ކަމަށް އަންކުރު ބުންޏެވެ.
"މާތުރްބޫމީ" އަށް ތައްޔާރުވުމުގެ ތެރޭގައި ސަލްމާން ޚާން ގެންގުޅުއްވި ހަރުދަނާ އުޞޫލުތަކަށް އަލިއަޅުއްވާލައްވަމުން އަންކޫރު ފާހަގަކުރީ ފިލްމުގެ ކާސްޓުގައި ތިބި އެހެން އެއްވެސް ފަންނާނަކަށް ސަލްމާންގެ ސްޓެމިނާއާ ކައިރިކުރެވޭ ވަރު ނުވާ ކަމަށެވެ.
އެއާއެކު އާންމުކޮށް އެހެން މީހުން ކުރާ ވޯމް-އަޕްތަކަށްވުރެ ސަލްމާންގެ ވޯމް-އަޕް ތިން ގުނަ ބާރުގަދަވެފައި ވަރުގަދަ ކަމަށާއި ފިލްމުގެ ކަންކަމަށް ޓްރެއިން ކުރުމުގެ ސެޝަންތައް ދުވާލަކު ފަސް ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ކަމަށް ވެސް އަންކުރު ބުނެފައިވެ އެވެ.
ސަލްމާންގެ މިފަދަ އަޒުމާއި ކެތްތެރިކަމަކީ، އޭނާ އެތައް އަހަރެއް ވަންދެން ބޮލީވުޑްގެ އެންމެ ކުރީގައި ދެމިހުރުމުގެ އެއް ސަބަބު ކަމަށް އަންކުރު ފާހަގަކުރި އެވެ.
ނިއުމޯނިއާ: އާދައިގެ މޫސުމީ ރޯގާއެއް ކަމަށް އަޅާނުލާ ނުހުރޭ!
ފޮނަދުއާއި ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ހިންގަން ހުޅުވާލައިފި
ކައިވެންޏާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް އާލިއާގެ ރައްދެއް!