ކާޑޭޝަން އާއިލާއަކީ އެ މީހުންގެ ޑްރާމާއާއި ޕަބްލިކް ސްޓަންޓްތަކަށްޓަކައި މަޝްހޫރުކަން ހޯދާފައިވާ ބައެކެވެ. އެގޮތުން މިފަަހަރު އެފަަދަ ކަމެއް ކޮށްފައި މިވަނީ އެ އާއިލާގެ ކައިލީ ޖެނާ އެވެ.

މިދިޔަ ހަފްތާގެ "ދަ ކާޑޭޝަންސް"ގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން ކައިލީ ވަނީ މާ މުސްކުޅި ކަމަށް ބުނެ މީހުން އޭނާއަށް ފުރައްސާރަ ކުރުމުން ލިބުނު ހިތްދަތިކަން ހިއްސާކޮށްފަ އެވެ.

ކެންޑަލް ޖެނާއާއެކު ދެއްކި ވާހަކައެއްގެ ތެރެއިން ކައިލީ ބުނީ އާއްމުންގެ ފުރައްސާރަ އަމާޒު ވުމުން އޭނާއަށް ހިތާމަތަކެއް ކުރިމަތިވި ކަމަށެވެ. އެ ވާހަކަތައް ކިޔައިދެމުން އޭނާ ރޮއިފައިވެސްވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި ޕެރިސް ފެޝަން ވީކްގައި ކައިލީގެ ފެނިލުމާއެކު އިންޓަނެޓުގައި އޭނާގެ ސިފައަށާއި ހެދުން އެޅުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ޝޯގައި ކައިލީއާއި ކެންޑަލް ވަނީ އެމީހުންގެ އާއިލާއަށް އާއްމުންގެ ފަރާތުން ކެނޑިނޭޅި ލިބޭ ފުރައްސާރައާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.