ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ބިރުވެރި ފިލްމު "ސާޔާ" އޮގަސްޓް ހަތެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

މި ފިލްމުގެ ޓީޒާ ނެރެފައިވާއިރު، މި ފިލްމު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު އެވެ.

"ސާޔާ" އަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްފެ) ޑައިރެކްޓް ކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މިފިލްމުގައި ލީޑް ތަރިންގެ ތެރޭގައި ޔޫއްޕެ ވެސް ފެނިގެންދާއިރު، މި ފިލްމުގައި އިތުރު ތަރިންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖީމީ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލު ވެސް ހިމެނެ އެވެ.

"ސާޔާ" ފިލްމުގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ.

https://www.facebook.com/watch/?ref=embed_video&v=487723116999658

މީގެ އިތުރުން ޝައި ޕްރޮޑަކްޝަން އިން ވަނީ ބިރުވެރި ކޮމެޑީއެއް އުފައްދާފަ އެވެ. އެއީ "ފޯޓީ ޕްލަސް" އެވެ. މިއީ އެ ސްޓޫޑިއޯ އިން އުފައްދާ ލޯބީގެ ބިރުވެރި ފުރަތަމަ ފިލްމެވެ.

އެހެން ނަމަވެސް މިއީ ޔޫއްޕެ ޑައިރެކްޓްކުރާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މީގެ ކުރިން ޔޫއްޕެ ވަނީ "އެ ދަތުރު" އާއި "ދައުވަތު" ފަދަ ބިރުވެރި ފިލްމު ޑައިރެކްޓްކޮށްފަ އެވެ. އަދި މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާ އެކު ވަނީ "ކަޅަކި" ނަމުގައި ވެސް ބިރުވެރި ފިލްމެއް ވަނީ ބެލުންތެރިންނަށް ގެނެސްދީފަ އެވެ.