ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ ދެކުދިން ކަމަށްވާ މިޝާ އާއި ޒައިން ތަފާތު ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ،
ޝާހިދު ކަޕޫރަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަފާތު ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ އެކްޓަރެކެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ޝާހިދު ވަނީ އޭނާގެ ދެ ކުދިން ކަމަށްވާ މިޝާ އާއި ޒައިންގެ ތަފާތު ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.
އެފޮޓޯގައި ފެނިގެންދަނީ ޝާހިދު ކަޕޫރުގެ އެޕާޓްމަންޓްގެ ބެލްކަނީގައި މިޝާ އާއި ޒައިން އިރުއަރާ މަންޒަރު ބެލުމަށް ތިބޭ ތަނެވެ. މިފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ އެވެ.
މިޝާ އާއި ޒައިން ފޮޓޯ އާއެކު ޝާހިދު ލިޔެފައިވަނީ ބާއްޖަވެރި ހެނދުނަކަށް އެދޭ ކަމަށާއި އެތައް ދުވަހެއް ނުވަތަ މަސްތަކެއް ވަންދެން ހިތަށް ހަމަޖެހުމެއް ގެނެސްދޭ ކަންތައްތައް ހަނދާނުގައި ފޮރުވާފައިވާ ބެހެއްޓުމަށާއި ދުރަށް ދިޔުމުން އެކަހަލަ އުފާވެރި ކަންތައްތައް ހަނދާން އާ ކޮށް އާ އުންމީދުގައި މަސައްކަތް ކުރުމަށެވެ.
ޝާހިދު ކަޕޫރާއި މިރާ ރާޖްޕުތް ކައިވެންޏަށް 9 އަހަރު ފުރުމަށް މިހާރު ވަނީ ކުޑަ ދުވަސް ކޮޅަކަށް ވެފަ އެވެ. މީޑިއާއަށް ދިން އިއްޓަވިއުއްގައި މީރާ ވަނީ ޝާހިދު އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ. ހަމައެގޮތަށް ޝާހިދުވެސް ވަނީ އޭނާގެ ދިރިއުޅުން އުޖާލާވީ މީރާގެ ސަބަބުން ކަމަށް ބުނެފަ އެވެ.
ނިއުސް 18 އިން 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޝާހިދާއި މީރާގެ އެޕާޓްމަންޓަކީ 58 ކްރޯޑް ރުފިޔާގެ އެޕާޓްމަންޓެއް ކަމަށެވެ. އަދި މި. އެޕާޓްމަންޓުން ސީ ވިއު ފެންނަ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ޝާހިދު އެންމެ ފަހުން ފެނިފައި ވަނީ ކްރިތީ އާއި އެކީ ކުޅެފައިވާ ތޭރީ ބާތޯމެއިން އެއިސާ އުލްޖާ ޖިއާ އިން އެވެ. ދެން އޭނާ ފެނިގެންދާނީ ޕޫޖާ ހެގްޑޭ އާއި އެކީ ކުޅެފައިވާ ފިލްމު "ދޭވާ" އިންނެވެ.