ހޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ބެން އެފްލިކްއާއި ޖެނިފާ ލޮޕޭޒްގެ ދެމެދު އޮތް މައްސަލަތައް ހައްލުވެފައިވާކަމުގެ އިޝާރާތެއް ބެން ދީފި އެވެ.
އެގޮތުން އެންމެ ފަހުން ބެން ފެނުނު ފެނުމުގައި އޭނާ ހުރީ ކައިވެނި އަނގޮޓި އަޅައިގެންނެވެ. މިއީ އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުނު ފަހުން މީޑިއާއަށް އެކަން ފާހަގަވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ވެސް ދާދި ފަހުން ޖެނިފާ ވަނީ ބެންގެ ދަރިފުޅު ސެމިއުލްގެ މިޑްލް ސްކޫލް ގްރެޖުއޭޝަން ހަފްލާގައި ބެންއާއެކު ބައިވެރިވެފަ އެވެ.
އެހެން ކަމުން އެ ދެމީހުން އެކުގައި ހޭދަކުރާ ވަގުތު ގިނަވުމާއެކު ކައިވެނީގައި ޖެހިފައިވާ މައްސަލަތައް ވެސް ހައްލުވެފައިވާ ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.
އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ދެމީހުންކުރެ އެކަކު ވެސް މީޑިއާއަށް އެއްވެސް ޔަގީން ކަމެއް ދީފައެއް ނުވެ އެވެ. ބުނެވޭ ގޮތުގައި އެ މީހުންގެ ވަރީގެ މައްސަލަ ކުރިއަށް އެބައޮތެވެ.